ކުއްޔަށް ދިނުން
ނަންބަރު: (IUL)417-CA/417/2016/61
ޕަބްލިޝްކުރި ތާރީޚް: 01 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 11:21
ސުންގަޑި: 22 އޮގަސްޓް 2016 13:00
ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފައިބަރު މަސައްކަތްތައް ކުރުމަށް ކުލީ ބިން ދޫކުރުން

އިޢުލާން

ފައިބަރު މަސައްކަތްތައް ކުރުމަށް ކުލީ ބިން ދޫކުރުން

މިރަށުގައި ފައިބަރު މަސައްކަތްތައް ކުރުމަށް ކުއްޔަށް ދޫކުރުމަށް، ކުރެވުނު މިއިދާރާގެ ނަންބަރު: (IUL)417-CA/417/2016/58 (5 ޖުލައި 2016) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ބިޑްފޯމު ބައްލަވައިގެންފައިނުވާތީ، އެ އިޢުލާން ބާޠިލު ކުރުމަށްފަހު އަލުން ބިންތަކަށް އެދުމުގެ ފުރުޞަތު ހުޅުވައިލަމެވެ. މިކަމަށް އެދިލައްވާ ފަރާތްތަކުން 2016 އޮގަސްޓު 22 ވަނަ ދުވަހުގެ 13:00 އަށް ބިޑު ހުށަހެޅުއްވުން އެދެމެވެ. ބިޑު ހުށަހެޅުމަށް އެދޭ ފޯމު މި ކައުންސިލްގެ އިދާރާގެ ކައުންޓަރުން ބައްލަވައިގަންނަވަން ލިބިވަޑައިގަންނަވާނެއެވެ. ފޯމެއްގެ އަގަކީ -/100ރ (އެއްސަތޭކަ ރުފިޔާ) އެވެ. ފޯމު ދޫކުރުމަށް ހަމަޖެހިފައިވަނީ 2016 އޮގަސްޓު 7 ވަނަ ދުވަހުން ފެށިގެން 2016 އޮގަސްޓު 15 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ރަސްމީގަޑީގައި މި އިދާރާގެ ކައުންޓަރުންނެވެ. ބިން ކުއްޔަށް ހިފުމާބެހޭ މަޢުލޫމާތުޝީޓު މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. ކޮންމެ ބިމަކަށް ވަކި ފޯމެއް ބައްލަވައިގަންނަވަން ޖެހިވަޑައިގަންނަވާނެއެވެ. ދޫކުރުމަށް ހަމަޖެހިފައިވަނީ މި އިޢުލާނާއެކު އާންމުކުރާ ޗާޓުގައި ފާހަގަކުރެވިފައިވާ ތިރީގައި މި ދަންނަވާ ބިންބިމެވެ.

1. 40.8 7500 އަކަފޫޓު (150x50)

2. 40.9 7500 އަކަފޫޓު (150x50)

3. 40.10 7500 އަކަފޫޓު (150x50)

ބިޑު ހުށަހަޅުއްވަނީ ކުންފުނި/ ކޯޕަރޭޓިވް/ ލޯކަލް އިންވެސްޓްމެންޓުގެ ފަރާތުންނަމަ ބިޑު ހުށަހަޅުއްވަން ވަޑައިގަންނަވާ ފަރާތުގެ ނަމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު ޖަހާފައިވާ، ކުންފުނި/ ކޯޕަރޭޓިވް/ ލޯކަލް އިންވެސްޓްމެންޓުގެ ލިޔުމެއް އަދި ކުންފުނި/ ކޯޕަރޭޓިވް/ ލޯކަލް އިންވެސްޓްމެންޓުގެ ރަޖިސްޓަރީގެ ކޮޕީއާއި ބީޕީޓީ ރަޖިސްޓަރީގެ ކޮޕީ ހުށަހަޅަންވާނެއެވެ. އަމިއްލަ ފަރުދުން ބަދަލުގައި މީހަކު ފޮނުއްވައިގެން ހުށަހަޅާނަމަ، ބިޑު ހުށަހަޅާ ފަރާތުގެ ސިޓީއެއް ބިޑްފޯމު ހިފައިގެން ވަޑައިގަންނަވާއިރު ގެންނަންވާނެއެވެ. އަދި ބަދަލުގައި ހުށަހަޅާނަމަ ކޮންމެފަރާތަކަށް ހުށަހެޅޭނީ އެންމެ ބިޑްފޯމެކެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

27 ޝައްވާލް 1437

01 އޮގަސްޓް 2016