ދިވެހިރާއްޖެ
އިޢުލާން
ތ. ކަނޑޫދޫ ޞިއްޙީމަރުކަޒު މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ދެވަނަ ނަންބަރ ) (IUL)23-AP/1/2016/74 21 ޖޫން 2016) އިޢުލާނާގުޅިގެން އަންދާސީ ހިސާބު ހުށަހަޅުއްވާފައިވާ ފަރާތްތަކުގެ އަގު މިނިސްޓްރީ އިން އަންދާސާކޮށްފައިވާ އަގަށްވުރެ ބޮޑުކަމަށް ފެންނާތީ އެ އިޢުލާނު ބާތިލްކޮށް އަލުން އިޢުލާނު ކުރީމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 2016 އޯގަސްޓް 22 ވާ ހޯމަ ދުވަހުގެ ހެނދުނު 09:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ނުވަތަ ތ. އަތޮޅު ހޮސްޕިޓަލަށް ނުވަތަ ތ. ކަނޑޫދޫ ޞިއްޙީމަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޯގަސްޓް 28 ވާ އާދިއްތަ ދުވަހު ހެނދުނު 09:00 އަށް މި މިނިސްޓްރީގެ 7 ވަނަ ފަންގިފިލާއަށް ނުވަތަ ތ. އަތޮޅު ހޮސްޕިޓަލަށް ނުވަތަ ތ. ކަނޑޫދޫ ޞިއްޙީމަރުކަޒަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
02 އޯގަސްޓް 2016
28 ޝައްވާލް 1437