މަސައްކަތް
ނަންބަރު: (IUL)95-PM/1/2016/55
ޕަބްލިޝްކުރި ތާރީޚް: 01 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 10:42
ސުންގަޑި: 10 އޮގަސްޓް 2016 11:00
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
އެއަރކޯން މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު:

ދިވެހިރާއްޖޭގެ ހައިކޯޓުގެ މީޓިންގރޫމް 1 ގައި ހުރި 36000 ބީ.ޓީ.ޔޫ ޑައިކިން ސުޕަރ އިންވާޓަރ ސީލިންގ މައުންޓް އެއަރކޯނުން ފިނިނުވާ މައްސަލަ ޙައްލުކޮށްދިނުމާއި، މި އެއަރކޯން މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު (IUL)95-PM/1/2016/52 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައިނުވާތީ، މި މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުމަށް ތިންވަނަ ފަހަރަށް އިޢުލާނުކުރަމެވެ.  

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮގަސްޓު 10 ވާ ބުދަދުވަހުގެ 11:00 އަށް ހައިކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮގަސްޓު 16 ވާ އަންގާރަދުވަހުގެ 11:00 އަށް އަންދާސީހިސާބު (ބިޑިންގ ޑޮކިއުމެންޓްސްގައި ބަޔާންކުރެވިފައިވާ މަޢުލޫމާތާއެކު) ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކޮށްދިނުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މަތީގައި ދެންނެވިފައިވާ ގަޑިތަކުގައި މި ކޯޓުގެ މީޓިންގރޫމް 1 ގައެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ ކަނޑައެޅިފައިވާ ގަޑިއަށް ހާޒިރުވާ ފަރާތްތަކަށެވެ.

27 ޝައްވާލް 1437

01 އޮގަސްޓް 2016