ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)459-A/1/2016/130
ޕަބްލިޝްކުރި ތާރީޚް: 02 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 10:37
ސުންގަޑި: 04 އޮގަސްޓް 2016 14:00
މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ
ދިވެހިރާއްޖެ
ޑިސެބިލިޓީ އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކުރުން

  އިޢުލާން

ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި މި ދާއިރާގައި މަސައްކަތްކުރައްވާ އެކިއެކި ފަރާތްތަކުގެ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ދެވޭ ޚާއްޞަ އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކުރުން

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ލާބަޔަށް މަސައްކަތްކުރާ ފަރާތްތަކަށް ހިތްވަރުދިނުމުގެ ގޮތުން، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމެލީއާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލުގެ ފަރާތުން ކޮންމެ 2 އަހަރުން 1 އަހަރު އެވޯޑެއް ދިނުމަށް ނިންމާފައިވާތީ، މިއެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލަމެވެ.    

އެވޯޑް ދިނުމަށް ހަމަޖެހިފައިވާ ދާއިރާތައް:

1- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ފަރާތްތައް (5 ފަރާތެއް)

2- ރާއްޖެއަށް އެކިގޮތްގޮތުން ރީތި ނަން ހޯދައިދޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް

3- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ތަޢުލީމް ފޯރުކޮށްދޭ ފަރާތްތައް (2 ފަރާތް)

4- ފަރުދީ ގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތައް (2ފަރާތެއް)

5- ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚިދުމަތް ދިނުމަށް މަސައްކަތްކުރާ އަމިއްލަ ޖަމުޢިއްޔާތައް (1 ފަރާތް)

6- ފަންނީ ގޮތުން ނުކުޅެދުންތެރިކަމަށް މަސައްކަތްކުރާ ފަރާތްތައް (2 ފަރާތެއް)

7- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ތަކެތި އަދި މާލީގޮތުން އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތައް (1 ފަރާތް)

8- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ހޯދައިދޭ ފަރާތްތައް (1 ފަރާތް)

9- ނުކުޅެދުންތެރިކަން ހުންނަ މީހުންނާ ގުޅޭގޮތުން ޚަބަރު ފަތުރާ ވަސީލަތްތަކުން ކޮށްދޭ ޚިދުމަތް ދޭ ފަރާތްތައް (1 ފަރާތް)

މި ދާއިރާތަކުން މިއެވޯޑަށް ކުރިމަތިލެއްވުމުގެ ގޮތުން އަމިއްލައަށް ނަން ހުށަހެޅުމުގެ ފުރުޞަތާއި، އެހެން ފަރާތަކުން ނަން ހުށަހެޅުމުގެ (ނޮމިނޭޓް ކުރުމުގެ) ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. މި އެވޯޑަށް ހުށަހަޅާ ފަރާތްތައް ހޮވާނީ މި މިނިސްޓްރީއާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލުން މިކަމަށް ޚާއްޞަކޮށްގެން ހަދާފައިވާ މާރކްސް ދޭ އުސޫލާ އެއްގޮތްވާގޮތުގެ މަތިންނެވެ. އަދި އެވޯޑަށް ކުރިމަތިލައްވާ ފަރާތްތަކާ އިންޓަވިއުކޮށްގެންނެވެ. އެވޯޑް ދެވޭ ފަރާތްތައް ހޮވުމަށް ހަމަޖެހިފައިވަނީ މިކަމަށް އެކުލަވައިލާ ޚާއްޞަ ކޮމިޓީއަކުންނެވެ.

މިކަމަށް އެދި ހުށަހަޅާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި:

  • އެޕްލިކޭޝަން ފޯމު

  • އެވޯޑަށް އެދި ހުށަހަޅާ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީ / މުއައްސަސާއެއް ނަމަ މުއައްސަސާގެ ރަޖިސްޓަރީގެ ކޮޕީ

  • ވަނަވަރު އަންގައިދޭ ލިޔުމެއް ނުވަތަ އޯޑިއޯއެއް

  • ހުށަހަޅާ ކަންތައްތަކުގެ ޞައްޙަކަން އަންގައިދޭ ލިޔުންތައް

  • އެވޯޑަށް އެހެން ފަރާތެއްގެނަން ހުށަހަޅުއްވާނަމަ (ނޮމިނޭޓް ކުރައްވާނަމަ)، ހުށަހަޅުއްވާ ފަރާތުގެ ސިޓީ އަދި އައި.ޑީ ކާޑުގެ ކޮޕީ

  • މިނޫންވެސް އެހެނިހެން ލިޔެކިޔުންތައް

އިނާމް ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ޝަރުޠުތައް އެކުލެވޭ ލިޔުމާއި އެޕްލިކޭޝަން ފޯމު މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމެލީ، ގ.ބިއްލޫޖެހިގޭ ކައުންޓަރުންނާއި، މި މިނިސްޓްރީގެ ވެބްސައިޓް www.mlg.gov.mv  އަދި މިނިސްޓްރީގެ ދަށުން އަތޮޅު ތެރޭގައި ހިންގާ ފެމެލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރުތަކުން ލިބިވަޑައިގަންނަވާނެއެވެ.  މި އެވޯޑު 2012 ވަނަ އަހަރާއި، 2014 ވަނަ އަހަރު ލިބިލައްވާފައިވާ ފަރާތްތަކަށް މި އަހަރު ކުރިމަތި ނުލެއްވޭނެއެވެ.

މި އެވޯޑަށް ކުރިމަތިލުމުގެ އެންމެ ފަހުތާރީޚަކީ 2016 އޮގަސްޓު 4 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިންނެވެ.

29 ޝައްވާލް 1437

02 އޮގަސްޓް 2016