ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)438-CCS/438/2016/187
ޕަބްލިޝްކުރި ތާރީޚް: 04 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 10:10
ސުންގަޑި: 14 އޮގަސްޓް 2016 11:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ޑީ.އެސް.އެލް.އާރ ކެމެރާއެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

ޑީ.އެސް.އެލް.އާރ ކެމެރާއެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

މިނިސްޓްރީއާއި އ.ދ ގެ ތިމާވެށްޓާބެހޭ ޖަމްޢިއްޔާ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) ގުޅިގެން ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީ.އީ.އެފް) އާއި ދިވެހި ސަރުކާރުގެ އެހީގެ ދަށުން، ކުރިއަށްގެންދާ މަޝްރޫޢު "ސްޓްރެންތެނިންގ ލޯ ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް" ޕްރޮޖެކްޓުގެ ބޭނުމަށް ޑީ.އެސް.އެލް.އާރ ކެމެރާއެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: (IUL)438-GGRS/438/2016/84 (14 އެޕްރީލް 2016) އިޢުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ އެއިޢުލާން ބާޠިލުކޮށް، ތިރީގައި ބަޔާން ކުރެވިފައިވާ ސްޕެސިފިކޭޝަނާ އެއްގޮތް ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ހުށަހަޅަންވީ ތަކެތި:

  • މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް ސަޕްލައިކޮށްދެވޭނެ އަގު (ޖީ.އެސް.ޓީ އާއެކު):
  • ސަޕްލައިކޮށްދެވޭނެ މުއްދަތު:
  • ޓެކްނިކަލް ސްޕެސިފިކޭޝަން:
  • ހުށަހަޅާފައިވާ އަންދާސީހިސާބު ބާޠިލުވާ މުއްދަތު މަދުވެގެން 45 ދުވަހަށް ވާންވާނެއެވެ.
  • ކޮންމެ ފަރާތަކުންވެސް ހުށަހަޅަންވާނީ އެއް އަންދާސީހިސާބެވެ.
  • ކުންފުނީގެ މަޢުލޫމާތު (ކުންފުނީގެ ޕްރޮފައިލް، ކުންފުނީގެ ރަޖިސްޓްރޭޝަނުގެ ކޮޕީ، ޖީ.އެސް.ޓީ ރަޖިސްޓްރޭޝަނުގެ ކޮޕީ، މިމަސައްކަތުގައި ކުންފުނީގެ ފަރާތުން މުޢާމަލާތު ކުރާނޭ ފަރާތުގެ ނަން، މަޤާމު އަދި ފޯނު ނަންބަރު)
  • މި މަސައްކަތުގައި ލިބިފައިވާ ތަޖުރިބާ (މަސައްކަތުގެ ތަޖުރިބާގެ ގޮތުގައި ބެލެވޭނީ 2011 ގެ ޖަނަވަރީން 2016 ގެ މި ދުވަހާ ހަމައަށް ކުރައްވާފައިވާ މި ބާވަތުގެ މަސައްކަތްތަކާ ގުޅޭގޮތުން މަސައްކަތް ހަވާލުކުރި ފަރާތުން ދީފައިވާ މަސައްކަތް ނިންމިކަމުގެ ލިޔުމަށެވެ.)

މި ޕުރޮޖެކްޓަށް ހުށަހެޅޭ، ޓެކްނިކަލް ގޮތުން ޤަބޫލުކުރެވޭ ޕްރޮޕޯޒަލްތައް އިވެލުއޭޓު ކުރެވޭގޮތުގެ ތަފުސީލު:

އަގަށް:70 ޕޮއިންޓު   

ހުށަހެޅޭ އެންމެ ހެޔޮ އަގު / ހުށަހެޅި އަގު 70

މުއްދަތު: 10 ޕޮއިންޓު

ހުށަހެޅޭ އެންމެ ކުރު މުއްދަތު / ހުށަހެޅި މުއްދަތު 10

ތަޖުރިބާ: 10 ޕޮއިންޓް

މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުންތަކަށް ބަލާފައެވެ.

އެސެސެރީޒް: 10 ޕޮއިންޓް

ކެމެރާއާއެކު ފޯރުކޮށްދޭ އެސެސެރީޒަށް ބިނާކޮށް މާކްސް ދެވޭނެއެވެ.

އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ހެޑް އޮފް ޕްރޮކިއުމަންޓް

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ

މިނިސްޓްރީގެ ބޭނުމަށް ޑީ.އެސް.އެލް.އާރ ކެމެރާއެއް ސަޕްލައިކޮށްދިނުމާބެހޭ އިޢުލާނު ނަންބަރު: (IUL)438-CCS/438/2016/187  

ބިޑު ހުޅުވުން:

ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 2016 އޮގަސްޓު 14 ވާ އާދީއްތަ ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ މަންދޫބުންގެ ހާޒިރުގައެވެ.

ވީމާ، މިމަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން ބަންދުކުރެވިފައިވާ ސިޓީއުރައިގައި 2016 އޮގަސްޓު 14 ވާ އާދީއްތަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. 

ހުށަހެޅޭ އަންދާސީހިސާބު ބާޠިލު (ޑިސްކޮލިފައި) ކުރެވިދާނެ ގޮތްތައް:

  • ހުށަހަޅާ އަންދާސީހިސާބުގެ މުއްދަތު ނެތުން.
  • އަންދާސީހިސާބާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ހުށަނޭޅުން.
  • އަންދާސީހިސާބު ހުށަހަޅާއިރު ހުށަހަޅަންޖެހޭ މަޢުލޫމާތު ފުރިހަމަ ނުވުން.
  • މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން ކޮށްފައިވާ އެއްބަސްވުމާ ޚިލާފުވެގެން، ނުވަތަ "ބްލެކްލިސްޓް" ކުރެވިފައިވާ ކުންފުނީގެ ހިއްސާދާރެއް ހިމެނޭ ކުންފުންޏެއް ފަދަ ފަރާތަކުން ހުށަހަޅާ އަންދާސީހިސާބު.

ޕްރޮކިޔުމަންޓް ޔުނިޓް

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ

ފޯން: 3018300 (960)+  3018201 (960)+

އީމެއިލް : [email protected]

04 އޮގަސްޓް 2016