ދިވެހިރާއްޖެ
އިޢުލާން
އޮފީސްމޭޒާއި ހައިބެކްޗެއަރ ހޯދުން:
މި އިދާރާއަށް އޮފީސްމޭޒާއި ހައިބެކްޗެއަރ ގަންނަން ބޭނުންވެގެން ކުރި ނަންބަރު: 421/IUL/2016/33 (13 ޖުލައި 2016) އިޢުލާނުގައި މަޢުލޫމާތު ސާފުކުރުމަށް ޖަހާފައިވާ ތާރީޚު މިނިވަންދުވަހުގެ މުނާސަބަތާ ގުޅިގެން ބަންދުކޮށްފައިވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާންކުރަމެވެ.
ވީމާ، މި ތަކެތި މި އިދާރާއަށް ވިއްކުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮގަސްޓު 16 ވާ އަންގާރަދުވަހުގެ 11:00 އަށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 އޮގަސްޓު 23 ވާ އަންގާރަދުވަހުގެ 13:00 އަށް މި އިދާރާއަށް ބިޑް ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކުންނާއި، ގަޑި ޖެހިގެން ހުށަހެޅޭ ބިޑްތަކާއި މަޢުލޫމާތު ފުރިހަމަނުވާ ބިޑްތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީގަޑީގައި މި އިދާރާގެ ފޯން ނަންބަރު 6840005 ފޯނާ ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.
28 ޝައްވާލް 1437