ދިވެހިރާއްޖެ
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ:
ބޭންކް އޮފް މޯލްޑިވްސް ޕލކ. ގެ ބޭނުމަށް ސިސްކޯ އައިޓަމްސްތަކެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މި ތަކެތި ސަޕްލައިކޮށްދެއްވަން ޝައުޤުވެރިވާނަމަ، ތިރީގައި މިދަންނަވާ ތާވަލާ އެއްގޮތަށް ބޭންކް އޮފް މޯލްޑިވްސް ޕލކ. ހިންގާ ސީޓްރެކްސް ބިލްޑިންގގެ 4 ވަނަ ފަންގިފިލާގައި ހުންނަ މީޓިންގރޫމަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
|
ތާރީޚު |
ދުވަސް |
ވަގުތު |
މަޢުލޫމާތު ސާފުކުރުން |
11 އޮގަސްޓު 2016 |
ބުރާސްފަތި |
11:00 |
އަންދާސީހިސާބު ހުށަހެޅުން |
18 އޮގަސްޓު 2016 |
ބުރާސްފަތި |
11:00 |
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ. މި މަސައްކަތަށް ބިޑްކުރައްވަން ބޭނުންފުޅުވާ ބިޑް ޑޮކިއުމަންޓްތައް މި ބޭންކުގެ ވެބްސައިޓް www.bankofmaldives.com.mv އިން ލިބެން ހުންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
27 ޝައްވާލް 1437