ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)447-PR/1/2016/34
ޕަބްލިޝްކުރި ތާރީޚް: 02 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 09:28
ސުންގަޑި: 11 އޮގަސްޓް 2016 11:30
ޕަބްލިކް ވަރކްސް ސަރވިސަސް
ދިވެހިރާއްޖެ
ކައްކައި ކެއުމަށް ބޭނުންކުރާ ބައެއް ތަކެތި ގަތުމަށް

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ:

މި ސަރވިސަސްގެ ބޭނުމަށް ކައްކައި ކެއުމަށް ބޭނުންކުރާ ބައެއް ތަކެތި ގަންނަން ބޭނުންވެއެވެ.

ވީމާ، މި ތަކެތި ފޯރުކޮށްދެވޭނެ ފަރާތްތަކުން 2016 އޮގަސްޓު 11 ވާ ބުރާސްފަތިދުވަހުގެ 11:30 އަށް މި ސަރވިސަސްއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 އޮގަސްޓު 18 ވާ ބުރާސްފަތިދުވަހުގެ 11:30 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަނޭޅޭނެ ވާހަކަ ދެންނެވީމެވެ.

އިތުރު މަޢުލޫމާތު އޮޅުންފިލުވުމަށް މި ސަރވިސަސްގެ ނަންބަރު 3020853 ފޯނަށް ގުޅުއްވުން އެދެމެވެ.

28 ޝައްވާލް 1437

02 އޮގަސްޓް 2016