ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)417-ESMS/417/2016/64
ޕަބްލިޝްކުރި ތާރީޚް: 02 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 09:26
ސުންގަޑި: 10 އޮގަސްޓް 2016 14:00
ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހައުސިންގ ޔުނިޓުތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކުރުމާބެހޭ

އިޢުލާން

ސަރުކާރުގެ ގެދޮރުވެރިކުރުމުގެ ޕްރޮގްރާމުގެ ދަށުން ގދ. ހޯނޑެއްދޫގައި ޢިމާރާތްކުރާ 40 ހައުސިންގ ޔުނިޓަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކުރުމާބެހޭ:

ސަރުކާރުގެ ގެދޮރުވެރިކުރުމުގެ ޕްރޮގްރާމުގެ ދަށުން ގދ. ހޯނޑެއްދޫގައި ޢިމާރާތް ކުރަމުންދާ 40 ހައުސިންގ ޔުނިޓަށް ކުރިމަތިލުމުގެ ފުރުޞަތު 2016 އޮގަސްޓު 10 ވާ ބުދަދުވަހުގެ 14:00 އާ ހަމައަށް އިތުރުކޮށްފީމެވެ. ވީމާ، ހައުސިންގ ޔުނިޓްތަކަށް އެދިލައްވާ ފަރާތްތަކުން، ހައުންސިންގ ޔުނިޓްތަކަށް އެދި ހުށަހަޅާ ފޯމު ފުރިހަމަކުރުމަށްފަހު، މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން 2016 އޮގަސްޓު 10 ވާ ބުދަދުވަހުގެ ނިޔަލަށް ރަސްމީގަޑީގައި މި އިދާރާއިންނެވެ.

ހައުސިންގ ޔުނިޓްތައް ދޫކުރުމަށް ކަނޑައެޅިފައިވާ އުސޫލު މި އިދާރާގެ ނޯޓިސްބޯޑުގައި ބެހެއްޓިފައިވާނެއެވެ. އަދި މި އިދާރާއިން ފޯމު ދޫކުރަން ފަށާ ތާރީޚުން ފެށިގެން ހައުސިންގ ޔުނިޓްތަކަށް އެދޭ ފޯމާއި އުސޫލު، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުގެ ވެބްސައިޓް www.housing.gov.mv އާއި، މި ކައުންސިލްގެ ވެބްސައިޓް www.gdhhc.gov.mv އިން ޑައުންލޯޑްކުރެވެންވެސް ހުންނާނެއެވެ. ނަމަވެސް ފޯމު އާންމުކޮށް ދޫކޮށް ބަލައިގަންނާނީ މި އިދާރާއިންނެވެ.

ހައުސިންގ ޔުނިޓްތަކަށް އެދި ފޯމު ހުށަހަޅުއްވާއިރު ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި ހަމަނުވާ ފޯމުތަކާއި، މަޢުލޫމާތު ފުރިހަމަނުވާ ފޯމުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

28 ޝައްވާލް 1437

02 އޮގަސްޓް 2016