ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މި މަރުކަޒުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލު މީހެކެވެ.
| 
 މަޤާމް:  | 
 ތަރުޖަމާނު  | 
||
| 
 ބޭނުންވާ އަދަދު:  | 
 1 (އެކެއް)  | 
 މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1  | 
 މަޤާމުގެ ރޭންކް: GS3  | 
| 
 މުސާރަ:  | 
 މަހަކު -/4465 ރުފިޔާ  | 
||
| 
 ސަރވިސް އެލަވަންސް:  | 
 މަހަކު -/1500 ރުފިޔާ  | 
||
| 
 ޢިނާޔަތްތައް:  | 
 އިތުރުގަޑީގައްޔާއި ބަންދު ދުވަސްދުވަހު މަސައްކަތްކުރާނަމަ، ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި ބަންދު ދުވަސް ދުވަހުގެ ފައިސާ ލިބޭނެއެވެ. އަދި ހަމަޖެހިފައިވާ އުސޫލުން ރަމަޟާންމަހުގެ ޢިނާޔަތުގެ ފައިސާއާއި، ރިސްކް އެލަވަންސް ލިބޭނެއެވެ.  | 
||
| 
 ޑިވިޜަން:  | 
 މާފުށީ ޞިއްޙީ މަރުކަޒު  | 
||
| 
 ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:  | 
 - ޑޮކްޓަރާއި ބަލިމީހާއާ ދޭތެރޭ ކުރެވޭ މުޢާމަލާތް ތަރުޖަމާކޮށްދިނުން. - މެޑިކަލް ރިޕޯޓާއި، ސަލާމް ސެޓްފިކެޓު ދޫކުރުމާއި، ކޮންސަލްޓޭޝަން ރޫމުގެ ތަކެތި ހަމަކުރުމާއި، ބަލިމީހުން ބަލައި ފަރުވާދިނުމުގައި ޑޮކްޓަރަށް އެހީތެރިވުން.  | 
||
| 
 
 
 ފެންވަރު ނުވަތަ ޝަރުޠު:  | 
 1. ހިއުމަން ރިސޯސް މެނޭޖްމަންޓް، ހެލްތު ސަރވިސް މެނޭޖްމަންޓް، މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، އެމްޕްލޯއިމަންޓް ލޯ،، ޕަބްލިކް ރިލޭޝަން، ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓް، އިންފޮމޭޝަން ޓެކްނޮލޮޖީ، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ޕްރޮޖެކްޓް މެނޭޖްމަންޓް ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ހިއުމަން ރިސޯސް މެނޭޖްމަންޓް، ހެލްތު ސަރވިސް މެނޭޖްމަންޓް، މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، އެމްޕްލޯއިމަންޓް ލޯ، ޕަބްލިކް ރިލޭޝަން، ޓްރެއިނިންގ އެންޑް ޑިވެލޮޕްމަންޓް، އިންފޮމޭޝަން ޓެކްނޮލޮޖީ، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ޕްރޮޖެކްޓް މެނޭޖްމަންޓުގެ ދާއިރާއިން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.  | 
||
| 
 ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:  | 
 1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީން. 2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ. 3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.  | 
||
| 
 
 
 
 ހުށަހަޅަންޖެހޭ ލިޔުންތައް:  | 
 1. ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި މަރުކަޒުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ހެލްތު މިނިސްޓްރީގެ www.health.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.) 2. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން. 3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. 4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް. 5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ) 6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)  | 
||
| 
 ސުންގަޑި:  | 
 މި މަޤާމަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން، 2016 އޮގަސްޓު 10 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން، ފަޒީފާއަށް އެދޭ ފޯމާއި، އެ ފޯމާ ގުޅޭ ލިޔުންތައް، ކ. މާފުށީ ޞިއްޙީ މަރުކަޒުގެ އިދާރީ އޮފީހަށް ހުށަހެޅުން އެދެމެވެ.  | 
||
| 
 
 އިންޓަވިއު އޮންނާނެ ތާރީޚާއި ތަން:  | 
 މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނެ ތާރީޚާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ، މަސައްކަތު 7 ދުވަހުގެ ތެރޭގައި އެންގޭނެއެވެ. ނޯޓު: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައިގެން، 10 ފަރާތެއް ޝޯޓްލިސްޓު ކުރެވޭނެއެވެ.  | 
||
| 
 އިތުރު މަޢުލޫމާތު:  | 
 މަޢުލޫމާތު ސާފުކުރަން ގުޅާނީ، 6640414 ނަންބަރު ފޯނަށެވެ.  | 
||