މަސައްކަތް
ނަންބަރު: (IUL)GZS/2016/60
ޕަބްލިޝްކުރި ތާރީޚް: 03 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 11:01
ސުންގަޑި: 17 އޮގަސްޓް 2016 11:00
ޣާޒީ ސްކޫލް
ދިވެހިރާއްޖެ
ކުޅިވަރު ކޯޗްކޮށްދިނުން

މި ސްކޫލުގެ ދަރިވަރުންނަށް ކުޅިވަރު ކޯޗްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު އިޢުލާނު (IUL)GZS/2016/22 ގެ މަޢުލޫމާތަށް އިތުރު ބަދަލުތަކެއް އައިސްފައިވާތީ އެ އިޢުލާނު ބާޠިލުކުރުމަށްފަހު އަލުން އިޢުލާނު ކުރީމެވެ.   

ކުޅިވަރު ކޯޗުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

މި ސްކޫލުގެ ދަރިވަރުންނަށް ތިރީގައި މިދަންނަވާ ކުޅިވަރުތައް ކޯޗްކޮށްދިނުމާއި އެ ކުޅިވަރުތައް މި ސްކޫލުގައި ދިރުވައި އާލާކުރުމުގައި ފެސިލިޓޭޓް ކޮށްދޭނެ ފަރާތެއް ނުވަތަ ފަރާތްތަކެއް ހޯދަން ބޭނުންވެއްޖެއެވެ.

  • ފުޓުބޯޅަ
  • ބާސްކެޓުބޯޅަ
  • ނެޓުބޯޅަ
  • ބެޑްމިންޓަން
  • ވޮލީ
  • ސްވިމިންގ
  • އެތްލެޓިކްސް

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމަތު ސާފުކުރެއްވުމަށް 2016 އޮގަސްޓު 11 ވާ ބުރާސްފަތިދުވަހުގެ 11:00 އަށް މި ސްކޫލަށް ވަޑައިގެން ދެއްވުން އެދެމެވެ. އަދި ޕްރޮޕޯޒަލް ބަލައިގަތުން 2016 އޮގަސްޓު 17 ވާ ބުދަދުވަހުގެ 11:00 ގައި މި ސްކޫލުގެ މީޓިންގރޫމުގައި އޮންނާނެއެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ. އަންދާސީހިސާބު ހުށަހަޅަން އޮންނަ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަދި އަންދާސީހިސާބާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހަމަނުވާ އަންދާސީހިސާބުތައް ބާޠިލުކުރެވޭނެ ވާހަކަވެސް ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3350744 ނަންބަރު ފޯނާއެވެ.

03 އޮގަސްޓް 2016