ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)267/2016/32
ޕަބްލިޝްކުރި ތާރީޚް: 01 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 10:46
ސުންގަޑި: 11 އޮގަސްޓް 2016 13:30
ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް މުނިސިޕަލް ސަރވިސް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ތިރާގައިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމް:

އެސިސްޓެންޓް މުނިސިޕަލް ސަރވިސް އޮފިސަރ

މަޤާމުގެ ނަންބަރު:

J-229495

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ރޭންކް:

ޖީ. އެސް. 4

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2

މުސާރަ:

މަހަކު -/5،020 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1500 ރުފިޔާ

ވަޒީފާ އަދާކުރަންޖެހޭ އޮފީސް:

ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން:

އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސަސް ޔުނިޓް

 

 

މަޤާމުގެ ޝަރުޠު:

1. މަޤާމުގެ މަސައްކަތުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

2. މަތީ ސާނަވި އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ހަޔަރ ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން ސީ ގްރޭޑް ލިބިފައިވުން. ނުވަތަ؛

3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ހަޔަރ ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

 

 

 

 

 

 

 

 

 

މަޤާމުގެ މަސްއޫލިއްޔަތާއި، ވާޖިބުތައް:

1. މަގުހެދުމާއި، މަގުމަގަށް ނަންކިޔުމާއި، ކޮންޓެކްޓް އުސޫލުން އިޖުތިމާޢީ ސަރަހައްދުތައް ކުނިކެހުމަށް ހަވާލުކޮށްފައިވާ ސަރަހައްދުތައް، ކައުންސިލުން ކަނޑައަޅާފައިވާ މިންވަރާއި ފެންވަރަށް މަސައްކަތްކުރޭތޯ ބަލައި މޮނިޓަރކުރުން.

2. ގޯތިދޫކުރުމުގެ އިންތިޒާމްތައް ހަމަޖެއްސުމާއި، ގޯތިގޯތީގެ އިން ވަކިކޮށްދިނުން.

3. ގޯތިން ބޭރުގައި އިންދާ ރުއްގަސް އިންދުމަށް ބިންދޫކުރުމާއި، ގޭގެއަށް އުނދަގޫވާ ރުއްގަހުގެ ކަންތައްތައް ބެލެހެއްޓުން.

4. ދޫކުރެވޭ ކުލީ ބިންތަކުގެ ރަޖިސްޓްރީ ހަދައިދިނުން.

5. ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތިން ކުނި މެނޭޖްކުރުމަށްޓަކައި ކުރަންޖެހޭ ހޭލުންތެރިކުރުވުމުގެ މަސައްކަތްތައް ކުރުމާއި، ކުނިކޮށި ބެލެހެއްޓުމަށްޓަކައި ކުރަންޖެހޭ އިދާރީ މަސައްކަތްކުރުން.

6. ތަރިކައިން / ހިބައިން ލިބޭ ބިންބިމާ ބެހޭގޮތުން ކުރަންޖެހޭ މަސައްކަތްކުރުން.

7. ރަށުގައި ވަޒަންވެރިވާ މީހުން ރަޖިސްޓްރީކުރުމާއި، ވަޒަންވެރިކަން ބަދަލުކުރާ މީހުން ރަޖިސްޓްރީން އުނިކުރުން.

8. ދަނޑުބިމާއި ސިނާޢީ މަސައްކަތްތަކަށާއި އިޖުތިމާޢީ މަސައްކަތްތަކަށް ދޫކުރެވޭ ބިންބިމާ ބެހޭގޮތުން ކުރަންޖެހޭ މަސައްކަތްކުރުން.

9. ގޯތިގެދޮރާއި މަގުމަގުގައި ހުންނަ ރުއްގަހަށް ބަދަލުދިނުމާބެހޭ މަސައްކަތްކުރުން.

10. މިސްކިތު މުދިމުންނާއި، މިސްކިތު މަސައްކަތު މީހުންގެ މަސައްކަތްތައް ހިންގާ ނުހިނގާގޮތް ބެލުން.

11. އިމާމުންނާއި މުދިމުންގެ ހާޒިރީ ރިޕޯޓް، ކޮންމެ މީލާދީ މަހެއްގެ 16 ވަނަ ދުވަހުގެ ކުރިން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް ފޮނުވުން.

12. މުދިމުންގެ މަސައްކަތްތައް ހިނގާ ނުހިނގާގޮތް ބެލެހެއްޓުމާއެކު، ހުކުރުނަމާދާއި، ދެ ޢީދު ދެނަމާދާއި، ކޭތަނަމާދާއި، ތަރާވީޙް ނަމާދު އިމާމްވެ ކުރުމުގެ އިންތިޒާމް ހަމަޖެއްސުން.

13. ކައުންސިލް އިދާރާއިން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، ކައުންސިލް އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

14. މުވައްޒަފުގެ ވާޖިބުތަކުގެ އިތުރުން، މުޅިތަނަށް ދިމާވާ ކުއްލި، އިމަޖެންސީތަކާއި، އެންމެން ޝާމިލުވާންޖެހޭ ޚާއްޞަ ކަންކަމުގައި ބައިވެރިވުން.

15. މަގުބައްތިތަކުގެ ހާލަތު ބަލައި، މަރާމާތުކުރަންޖެހޭ ބައްތިތައް މަރާމާތުކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމާއި، އަލަށް އާބާދުވާ ސަރަހައްދުތަކަށް ބޭނުންވާ މަގުބައްތީގެ މަޢުލޫމާތު ކައުންސިލަށް ފޯރުކޮށްދިނުމާއި، މަގުބައްތިތަކާ ބެހޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްކުރުން.

16. ރަށުގެ މަގުތައް ބެލެހެއްޓުމާއި، މީހުންނަށާއި ދުއްވާތަކެއްޗަށް ދަތިވާގޮތަށް ބެހެއްޓިފައިވާ ތަކެތީގެ މަޢުލޫމާތު ކައުންސިލަށް ފޯރުކޮށްދިނުމާއި، ދުއްވާތަކެއްޗާއި ހިނގާމީހުންނަށް ދަތިވާގޮތަށް ހުންނަ ގަސްތައް ކޮށުމަށް ކައުންސިލުން ކަނޑައަޅާގޮތެއްގެމަތިން މަސައްކަތްކޮށް، އެކަންކަން ޙައްލުކުރުމަށް މަސައްކަތްކުރުން.

17. ޒުވާނުންގެ މަރުކަޒާއި، ފުޓްބޯޅަނޑު ބެލެހެއްޓުމާއި، އެނޫންވެސް ކުޅިވަރުބިންތައް ބެލެހެއްޓުން.

18. ގަބުރުސްތާނު ބެލެހެއްޓުމާއި، ކަށުކަމާކެމީގެ ކަންތައް އިންތިޒާމްކުރުން.

19. ދަނޑުތަކާއި، ދަނޑުވެރިންގެ ރަޖިސްޓްރީ ލިޔެބެލެހެއްޓުމާއި، ކައުންސިލުން ކަނޑައަޅާގޮތެއްގެމަތިން ދަނޑުވެރިންނަށް ކަމާގުޅޭ ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގުން.

20. ކައުންސިލުންކުރާ މުހިއްމު މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވުން.

 

ވަޒީފާއަށް އެންމެ ޤާބިލް ހޮވުމަށް ބެލޭނެ ކަންތައްތައް:

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ލިބިފައިވާ ތަޢުލީމާއި ތަމްރީން.

2. މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަސައްކަތްކޮށްފައިވާނަމަ، މަސައްކަތުގެ ތަޖުރިބާ.

3. މަސައްކަތުގެ ހުނަރާއި ޤާބިލްކަން.

4. މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލުކަން ބެލުމަށް ބޭއްވޭ ޕްރެކްޓިކަލްސް.

އިންޓަވިޔު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކަށް ބާއްވާ އިންޓަވިޔު ބޭއްވުމަށް ހަމަޖެހިފައިވާ ތަނާއި ތާރީޚު، އިޢުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ 7 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި ވަޒީފާއަށް  ކުރިމަތިލުމަށް  ޝައުޤުވެރިވާ  ފަރާތްތަކުން،  2016  އޮގަސްޓު 11  ވާ  ބުރާސްފަތި ދުވަހުގެ މެންދުރުފަހު 1:30 ގެ ކުރިން،  ހަށަހަޅަންޖެހޭ އެންމެހައި ލިޔުންތައް، ވަޒީފާއަށް އެދޭ ފޯމާއެކު، ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާާއަށް ހަށަހެޅުން އެދެމެވެ.

އުޖޫރައާއި ޢިނާޔަތްތައް:

ދިވެހި ސިވިލް ސަރވިސްގައި ހަމަޖެހިފައިވާ އުޞޫލުގެމަތިން އިތުރުގަޑީގެ ފައިސާއާއި، ވަޒީފާއާ ގުޅިގެން ދެވޭ އެހެނިހެން ޢިނާޔަތްތައް ދެވޭނެއެވެ.

ޗުއްޓީ:

ސިވިލް ސަރވިސްގެ ގަވާއިދާ އެއްގޮތަށް ޗުއްޓީ ދެވޭނެއެވެ.

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)

2. ސިވިލް ސަރވިސްއަށް/ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާއަދާކުރާ އޮފީހުގެ ލިޔުމެއް.

3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި، ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ) 

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުން.

5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)  

އިތުރު މަޢުލޫމާތު:

މި  އިޢުލާނާ  ގުޅިގެން  މަޢުލޫމާތު  ސާފުކުރުމަށް  ގުޅާނީ،  6520034  ނަންބަރު   ފޯނާއެވެ. ފެކްސް ނަންބަރަކީ، 6520034 އެވެ. އީމެއިލް އެޑްރެހަކީ، [email protected] އެވެ.

27 ޝައްވާލް 1437

01 އޮގަސްޓް 2016