ޢާންމު މަޢުލޫމާތު
ނަންބަރު: (A)CA-2013/456
ޕަބްލިޝްކުރި ތާރީޚް: 21 އޮގަސްޓް 2013
ޕަބްލިޝްކުރި ގަޑި: 14:21
އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ތަން ބަދަލުކުރުން

މި ކޮމިޝަނުގެ ނަންބަރު A)CA-2013/237)ފ(24 ޖޫން 2013) އިޢުލާނަށް ހަވާލާދީ ދަންނަވަމެވެ.

ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ތަން ބަދަލުކުރުން

2013 ސެޕްޓެންބަރު 07 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސި އިންތިޚާބުގައި ލ. ގަމުގައި  ބަހައްޓާ 2 ނަންބަރު ވޯޓުފޮށި ބެހެއްޓުމަށް ކުރިން ހަމަޖައްސާފައިވާ ތަނުގައި ވޯޓުފޮށި ބަހައްޓައިގެން ވޯޓުނެގުން ކުރިޔަށް ގެންދިއުމުގައި ދަތިތަކެއް ހުރުމާއެކު، އެ ވޯޓުފޮށި ޙަމަދު ބިން ޚަލީފާ އަލްޘާނީ ސްކޫލުގައި ބަހައްޓާގޮތަށް ވަނީ ހަމަޖައްސާފައެވެ. ވީމާ، މިދެންނެވި ވޯޓުފޮށީގެ ނަންބަރާއި، ވޯޓުފޮށީގެ ނަމާއި، ވޯޓުލާ ސަރަޙައްދާއި، ވޯޓުފޮށި ބަހައްޓާ ރަށާއި ތަން މި ދަންނަވަނީއެވެ.

#

ވޯޓުފޮށީގެ ނަންބަރު

ވޯޓުފޮށީގެ ނަން

ވޯޓުލާ ސަރަޙައްދު

ވޯޓުފޮށި ބަހައްޓާ ރަށް/ތަން

1

O02.05.2

ލ. ގަން-2

މި ފޮށްޓަށް ވޯޓުލާނީ ގަމު މަތިމަރަދޫ އަވަށުގެ ރައްޔިތުންނާއި މަތިމަރަދޫ އަވަށުގައި ދިރިއުޅޭ އެހެނިހެން ރަށްރަށުގެ މީހުންނެވެ.

ޙަމަދު ބިން ޚަލީފާ އަލްޘާނީ ސްކޫލް (ކުރީގެ ޤަޠަރު އަމީރު ސްކޫލް)

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށް އިޢުލާން ކުރީމެވެ.

14 ޝައްވާލް  1434

21 އޮގަސްޓް 2013