ދިވެހިރާއްޖެ
އިޢުލާން
ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގެ ކުނީގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ހިންގާ މަޝްރޫޢުތަކުގެ ތެރެއިން މާލެ ސިޓީގެ ކުނި މެނޭޖް ކުރުމުގެ މަޝްރޫޢަށް ވިލިނގިލިން ޚާއްޞަ ކުރެވިފައިވާ ސަރަޙައްދުގެ ވަށާފާރު ރޭނުމާއި ދަގަނޑު ގޭޓު ލުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުޤވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މި މަޝްރޫޢާ ގުޅޭ ބީލަންފޮތް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ވެބްސައިޓް، www.environment.gov.mv އިން ޑައުންލޯޑް ކުރައްވަން ލިބިވަޑައިގަންނަވާނެއެވެ.
އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.
ވޭސްޓް މެނޭޖްމަންޓް އެންޑް ޕޮލިއުޝަން ކޮންޓްރޯލް ޑިޕާޓްމަންޓް
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ވިލިނގިލީގައި ކުނި މެނޭޖްކުރުމުގެ މަސައްކަތަށް ކަނޑައެޅިފައިވާ ސަރަހައްދުގެ ވަށާފާރު ރޭނުމާބެހޭ އިޢުލާނު ނަންބަރު: (IUL)438-PPS/1/2016/132
ހުށަހަޅަންވީ ތަކެތި
މި މަސައްކަތާ ގުޅިގެން ހުށަހަޅާ ބީލަމާއެކު ހުށަހަޅަންޖެހޭ ތަކެތި މި މަޝްރޫޢުގެ ބީލަންފޮތުގައި ބަޔާންކޮށްފައިވާނެއެވެ. ބީލަން ހުށަހަޅުއްވާއިރު ބީލަމާއެކު ހުށަހަޅަން ކަނޑައަޅާފައިވާ އެއްވެސް ލިޔުމެއް މަދުނަމަ، އެ ޕްރޮޕޯޒަލެއް ބާޠިލުކުރެވޭނެއެވެ.
މަޢުލޫމާތު ސާފުކުރުން
މަސައްކަތާ ބެހޭގޮތުން މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވަނީ 01 އޮގަސްޓު 2016 އިން 11 އޮގަސްޓު 2016 އާ ދެމެދު މިނިސްޓްރީގެ އީމެއިލް އެޑްރެސް [email protected] އަށް އީމެއިލް ކުރައްވައިގެންނެވެ. މި މުއްދަތުގެ ފަހުން މަޢުލޫމާތު ސާފުކުރުމުގެ ފުރުޞަތު ބަންދުވާނެއެވެ.
ބިޑު ހުޅުވުން
ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 2016 އޮގަސްޓު 15 ވާ ހޯމަދުވަހުގެ މެންދުރު 12:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެތެރެއިން މި ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުންގެ ހާޒިރުގައެވެ.
ވީމާ، މިމަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮގަސްޓު 15 ވާ ހޯމަދުވަހުގެ މެންދުރު 12:00 އަށް ބީލަން ފުރިހަމަކުރުމަށްފަހު ބަންދުކޮށްފައިވާ ސިޓީއުރައެއްގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
ނޯޓް:
- މަޢުލޫމާތު ފުރިހަމަ ނޫން ބިޑުތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚުތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް ލިބިގެންވެއެވެ.
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ހަނދުވަރީ ހިނގުން، މާފަންނު
މާލެ، 20392
ދިވެހިރާއްޖެ.