ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)202-A/1/2016/82
ޕަބްލިޝްކުރި ތާރީޚް: 01 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 08:35
ސުންގަޑި: 08 އޮގަސްޓް 2016 00:00
މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
މަގުތައް ހަލުކުވުން ކުޑަކުރުން

އިޢުލާން

މާލޭގެމަގުތަކުގައި އެކްސްކަވޭޓަރުފަދަ ދަގަނޑު ފުރޮޅު ނުވަތަ ދަގަނޑު ޗޭނުލީ އެއްގަމުއުޅަނދު ދުއްވުމުގެ ސަބަބުން މަގުތައް ހަލާކުވަމުންދާތީ 2016 ޖުލައި 25 ވަނަ ދުވަހުން ފެށިގެން މިދެންނެވި ގޮތަށް ހުންނަ އެއްގަމުއުޅަނދު ދުއްވަންވާނީ ރަބަރު ފުރޮޅު ނުވަތަ ރަބަރު ޝޫ ހަރުކޮށްގެން ކަމުގައި މި އޮތޯރިޓީގެ ނަންބަރު:  (IUL)202-A/1/2016/68 (27 ޖޫން 2016) އިޢުލާނުންވާނީ ދަންނަވާފައެވެ.

ނަމަވެސް، މިދެންނެވި ފަދަ ރަބަރު ފުރޮޅު ނުވަތަ ރަބަރު ޝޫ ދިވެހިރާއްޖެއިން ބޭރުން ގެންނަން އިތުރު މުއްދަތު ބޭނުންވާތީ އެފަދަ އުޅަނދު ދުއްވާ ފަރާތްތަކަށް ފުރުޞަތު ދިނުމުގެ ގޮތުން 2017 ޖަނަވަރީ 31 ގެ ނިޔަލަށް (6 މަސްދުވަސް) މުއްދަތު އިތުރުކޮށްފީމެވެ. 

27 ޝައްވާލް 1437

01 އޮގަސްޓް 2016