ދިވެހިރާއްޖެ
އިޢުލާން
މި މިނިސްޓްރީއަށް ސަރވަރ ރޫމް އެންވަޔަރަންމަންޓް މޮނިޓަރިންގ ސިސްޓަމެއް ސަޕްލައިކޮށް، އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މި މަސައްކަތާގުޅޭ "ޓާރމްސް އޮފް ރެފަރެންސް" މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެނަރޖީގެ ވެބްސައިޓް، www.environment.gov.mv އިން ޑައުންލޯޑް ކުރައްވަން ލިބިވަޑައިގަންނަވާނެއެވެ.
ހުށަހަޅަންވީ ތަކެތި
- މި މިނިސްޓްރީއަށް ސަރވަރ ރޫމް އެންވަޔަރަންމަންޓް މޮނިޓަރިންގ ސިސްޓަމެއް ސަޕްލައިކޮށް، އިންސްޓޯލް ކޮއްދެވޭނެ އަގު (ޖީ.އެސް.ޓީ ހިމަނައިގެން)
- ސަރވަރ ރޫމް އެންވަޔަރަންމަންޓް މޮނިޓަރިންގ ސިސްޓަމް ސަޕްލައިކޮށް، އިންސްޓޯލް ކޮށްދިނުމަށް ނަގާނެ މުއްދަތު
- ޓެކްނިކަލް ސްޕެސިފިކޭޝަން (ޓާރމްސް އޮފް ރެފަރެންސްގައި ބަޔާންކޮށްފައިވާ ކަންތައްތައް ހިމަނައިގެން)
- ހުށަހަޅާފައިވާ އަންދާސީހިސާބު ބާޠިލުވާ މުއްދަތު މަދުވެގެން 45 ދުވަހަށް ވާންވާނެއެވެ.
- ކުންފުނީގެ މަޢުލޫމާތު (ކުންފުނީގެ ޕްރޮފައިލް، ކުންފުނީގެ ރަޖިސްޓްރޭޝަން ކޮޕީ، ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ކޮޕީ، މި މަސައްކަތުގައި ކުންފުނީގެ ފަރާތުން މުޢާމަލާތު ކުރާނޭ ފަރާތުގެ ނަން، މަޤާމު އަދި ފޯނު ނަންބަރު) އަދި އަމިއްލަ ފަރުދެއްނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ.
- މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ޙަވާލުކުރި ފަރާތުން ދީފައިވާ މަސައްކަތް ފުރިހަމަކުރިކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ.
މި ޕުރޮޖެކްޓަށް ހުށަހެޅޭ، ޓެކްނިކަލް ގޮތުން ގަބޫލުކުރެވޭ ޕްރޮޕޯސަލްތައް އިވެލުއޭޓު ކުރެވޭގޮތުގެ ތަފުސީލު
އަގަށް: 70 ޕޮއިންޓު
މުއްދަތު: 15 ޕޮއިންޓު
ތަޖުރިބާ: 15 ޕޮއިންޓް
- މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ހަވާލުކުރި ފަރާތުން ދީފައިވާ މަސައްކަތް ފުރިހަމަކުރިކަމުގެ ލިޔުންތަކަށް ބަލާފައެވެ.
އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.
އެންވަޔަރަންމަންޓް މޮނިޓަރިންގ ސިސްޓަމެއް ސަޕްލައިކޮށް، އިންސްޓޯލް ކުރުމާބެހޭ
އިޢުލާނު ނަންބަރު:(IUL)438-ICTU/438/2016/186/6
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ހަނދުވަރީ ހިނގުން، މާފަންނު، މާލެ، ދިވެހިރާއްޖެ
ފޯނު: 373 3 301+(960) ނުވަތަ 300 3 301+(960)
ފެކްސް: +(960) 301 8 301
އީމެއިލް: [email protected]
ބިޑު ހުޅުވުން
ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 2016 އޮގަސްޓު 11 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 9:30 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީގެ އެއްވަނަ ފަންގިފިލާގެ ބައްދަލުކުރާ ކޮޓަރީގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެތެރެއިން މި ޖަލްސާގައި ބައިވެރިވެވަޑައިންނަވާ ބޭފުޅުންގެ ހާޒިރުގައެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުގުވެރިވާ ފަރާތްތަކުން 2016 އޮގަސްޓު 11 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 9:30 އަށް ބީލަން ފުރިހަމަކުރައްވައި، ސިޓީއުރައެއްގައި ބަންދުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
ނޯޓް:
- މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީ ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚުތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީއަށް ލިބިގެންވެއެވެ.
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީ
ހަނދުވަރީ ހިނގުން، މާފަންނު
މާލެ، 20392
ދިވެހިރާއްޖެ.
އީމެއިލް: [email protected]