ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL) 447-HR/1/2016/30
ޕަބްލިޝްކުރި ތާރީޚް: 24 ޖުލައި 2016
ޕަބްލިޝްކުރި ގަޑި: 18:05
ސުންގަޑި: 09 އޮގަސްޓް 2016 14:00
ޕަބްލިކް ވަރކްސް ސަރވިސަސް
ދިވެހިރާއްޖެ
ހެވީ ލޯޑް ޑްރައިވަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ތިރީގައިމިވާ މަޤާމަށް މީހުން ބޭނުންވެއްޖެއެވެ.

މަޤާމް:

ހެވީ ލޯޑް ޑްރައިވަރ

މަޤާމުގެ ގިންތި:

ވަގުތީ (1 އަހަރުދުވަހުގެ ކޮންޓްރެކްޓް)

ބޭނުންވާ އަދަދު:

2 (ދޭއް)

ވަޒީފާ އަދާކުރަންޖެހޭ ރަށް:

ރ. ދުވާފަރު

މުސާރައާއި ޢިނާޔަތްތައް:

މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް -/450 ރުފިޔާ

މަޤާމުގެ ޝަރުޠު:

1. މަޤާމަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެއް/ހުއްދައެއް/ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.ނުވަތަ؛

2. މަޤާމުގެ މަސައްކަތުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 1 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. ޕްރޮޖެކްޓް ސައިޓް މަސައްކަތުގައި ބޭނުންކުރާ ހެވީލޯޑް ވެހިކަލްތައް އޮޕަރޭޓްކޮށް، ޝެޑިއުލާ އެއްގޮތަށް މަސައްކަތް ނިންމުން.

2. ޕްރޮޖެކްޓް ސައިޓުގައި ގެންގުޅޭ ވެހިކަލްތައް ދުއްވުމާއި، ކުރަންޖެހޭ މަސައްކަތް ކުރުމާއި، ވެހިކަލްތައް ދޮވެ ސާފުކޮށް ބެލެހެއްޓުން.

3. ޕްރޮޖެކްޓް ސައިޓުގައި ވެހިކަލްތައް ކަނޑައެޅިފައިވާ ޝެޑިއުލްތަކާ އެއްގޮތްވާގޮތުގެމަތިން ސަރވިސްކޮށް ބެލެހެއްޓުން.

4. ވެހިކަލްތަކަށް ދިމާވާ މައްސަލަތައް ޙައްލުކުރުމުގެ މަސައްކަތް ހަވާލުވެ ހުންނަ ވެރިއެއްގެ ލަފާގެ މަތިން ކުރުން.

5. ވެހިކަލްތަކަށް މުދާ އަރުވާ ބޭލުމާއި، ހަވާލުކުރަންޖެހޭ ފަރާތްތަކަށް ރައްދުކުރުން.

6. ޕްރޮޖެކްޓް ސައިޓުގައި ބޭނުންކުރާ އިކްއިޕްމަންޓާއި މެޝިންތައް ފަރުވާތެރިކަމާއެކު ރަނގަޅަށް ބެލެހެއްޓުން.

7. މަސައްކަތްކުރާ ވަގުތުގައްޔާއި މަސައްކަތް ހިނގަމުންދާ ސައިޓުގައި ހޭދަކުރާ ވަގުތުތަކުގައި ތިމާއަށާއި އެހެނިހެން މުވައްޒަފުންގެ ސަލާމަތަށް ބަލައިގެން، މި ސަރވިސަސްގެ މުދަލާއި ތަނަށް ގެއްލުމެއް ނުވާނެގޮތުގެމަތިން ސަމާލުވެގެން މަސައްކަތްކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލޭނެ ކަންކަން:

1. ތަޢުލީމާއި ތަމްރީން.

2. މަސައްކަތުގެ ތަޖުރިބާ.

3. އިންޓަވިއު.

4. ގިނަވަގުތު އޮފީހުގައި މަސައްކަތްކުރެވޭނެ މީހެއްކަމުގައިވުން.

5. މާލިއްޔަތު ޤާނޫނާއި ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދަށް އަހުލުވެރިވެފައިވާ މިންވަރު.

ތަކެތި ހުށަހަޅަންޖެހޭ ތާރީޚު:

- މި ވަޒީފާއަށްއެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ޕަބްލިކް ވަރކްސް ސަރވިސަސް (ޢިއްޒުއްދީން މަގު، މާފަންނު/މާލެ) ގެ ކައުންޓަރަށެވެ. މެއިލްކުރާނީ، މި ސަރވިސަސްގެ އީމެއިލް [email protected] އަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 އޮގަސްޓު 9 ވާ އަންގާރަ ދުވަހުގެ 14:00 އެވެ.

އިންޓަވިއު ކުރުން:

- މި މަޤާމަށް މީހުން ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ، 2016 އޮގަސްޓު- ސެޕްޓެންބަރުމަހުގެ ތާރީޚެއްގައި، ރ. ދުވާފަރުގައެވެ.

- އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ތަކެތި:

1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު ލިބެން ހުންނާނީ، ރ. ދުވާފަރު ކައުންސިލް އިދާރާއިންނާއި، ޕަބްލިކް ވަރކްސް ސަރވިސަސް މާލޭ އޮފީހުންނެވެ. 

2. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް)

6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް މި ސަރވިސަސްގެ 3323537 ނަންބަރު ފޯނަށް ނުވަތަ 3020815 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

19 ޝައްވާލް 1437

24 ޖުލައި 2016