ވަޒީފާގެ ފުރުޞަތު
ނަންބަރު: AIA-D1/IL/2016/0015
ޕަބްލިޝްކުރި ތާރީޚް: 01 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 15:38
ސުންގަޑި: 15 އޮގަސްޓް 2016 16:00
އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ސުޕަވައިޒަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

ސުޕަވައިޒަރ، ފިއުލް

މަސައްކަތް ކުރަންޖެހޭ ތަން:

އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑް / ސ. ގަން

މަޤާމުގެ ޝަރުޠު:

ޖީ.ސީ.އީ އޯ ލެވެލް ހަދާފައިވުމާއެކު، މަދުވެގެން 5 އަހަރުދުވަހު ފިއުލް ދާއިރާގައި ނުވަތަ ސުޕަވައިޒަރެއްގެ މަޤާމު އަދާކޮށްފައިވުން.

މަޤާމަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް:

- ފިއުލިންގ މަސައްކަތްކުރަން ދަންނަ މީހަކުކަމުގައިވުން.

- މުވައްޒަފުންނާ ގުޅިގެން މަސައްކަތްކުރެވޭ މީހަކުކަމުގައިވުން.

 

 

 

 

އާންމުކޮށް ކުރަންޖެހޭ މަސައްކަތް:

- ފިއުލް ފާރމް ސަރަޙައްދު ސަލާމަތާއި ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި، ކަސްޓަމަރުންނަށް ޚިދުމަތްދިނުމުގައި ތަނަށް ބޭނުންވާ ތަކެތި ހޯދައި ސާފުތާހިރުކޮށް ބެލެހެއްޓުން.

- ގަން އިންޓަރނޭޝަނަލް އެއަރޕޯޓުން ދޭ ތެލުގެ ޚިދުމަތް ކާމިޔާބުކަމާއެކު ދިނުމުގެ ޒިންމާ ނެގުމާއި، ސްޓޮކް ބަލަހައްޓާ ފަރާތްތަކަށް ދޭންޖެހޭ އެއްބާރުލުން ދިނުމާއި، ކަސްޓަމަރުންނަށް ޚިދުމަތްދިނުމުގައި ރައްކާތެރިކަމުގެގޮތުންނާއި އެނޫން ގޮތްގޮތުންވެސް ފިއުލްފާމުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ބަރާބަރަށް މެދުނުކެނޑި ދެވޭނެގޮތަކަށް ރޭވުން.

- ފްލައިޓްތަކާއި ގްރައުންޑް އިކިއުޕްމެންޓަށް ތެޔޮ އެޅުމާއި، ފިއުލް ޓްރަކާއި، ގްރައުންޑް ސަރވިސް އިކިއުޕްމެންޓް ދުއްވުން.

- ފިއުލް ފާމުގައި މަސައްކަތްކުރާ މުވައްޒަފުންގެ ޑިއުޓީތައް، ވިޔަފާރިއަށް ދަތިނުވާނެގޮތަކަށް ރާވައި ހިންގުން.

- ކުންފުނިން ކަނޑައަޅާފައިވާ ފައިސާގެ މުޢާމަލާތްތައް ކުރުމުގެ އުޞޫލާއި، މުވައްޒަފުންގެ ޔުނިފޯމާއި، އެހެނިހެން ޕޮލިސީތަކާ އެއްގޮތަށް ކަންކަން ހިނގާކަން ޔަގީންކުރުން.

- ތެލުގެ ޚިދުމަތްދިނުމުގައި ދުވަހުން ދުވަހަށް ދިމާވާ މައްސަލަތައް ހޯދައި، އެކަންކަން ޙައްލުކުރުން.

- މަތީގައިވާ މަސައްކަތްތަކުގެ އިތުރުން، ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް، ޑިޕާޓްމަންޓުގެ ވެރިޔާގެ އިރުޝާދާ އެއްގޮތަށް ކުރުން.

 

 

 

ހުށަހަޅަންޖެހޭ ލިއުންތައް:

- ކުރިމަތިލާ ފަރާތުގެ ވަނަވަރު.

- އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓުގެ ވަޒީފާއަށް އެދޭ ފޯމު.

- ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ.

- ޕޮލިސް ރިޕޯޓު.

- ޕާސްޕޯޓް ސައިޒުގެ ފޮޓޯ.

- ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ.

- މުއްދަތު ހަމަނުވާ ޑްރައިވިންގ ލައިސެންސް ކާޑުގެ ކޮޕީ.

ސުންގަޑި:

2016 އޮގަސްޓު 15 ވާ ހޯމަ ދުވަހުގެ 16:00 ގެ ކުރިން.

އިންޓަވިއު:

އިންޓަވިއުއަށް ކިޔާނީ، މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

 

 

ލިއުންތައް ހުށަހަޅަންޖެހޭ އެޑްރެސް:

އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ޕވޓ ލޓޑ

ބިލްޑިންގ 100 ސ. ގަން

އައްޑޫ ސިޓީ/ގަން

ފޯން: 6898010

އީމެއިލް:[email protected]

27 ޝައްވާލް 1437

01 އޮގަސްޓް 2016