މަޤާމު
|
އިމާމު / މުދިމު /އިސްއިމާމު
|
ބޭނުންވާ އަދަދު
|
1
|
މަޤާމު އޮތް އޮފީސް
|
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
|
ސެކްޝަން
|
އިމާމުޔުނިޓް
|
ވަޒީފާ އަދާކުރަންޖެހޭ ތަން
|
ހައްދުންމަތީ މާބައިދޫ މިސްކިތް
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު
|
- ކައުންސިލްގެ އިދާރާއިން ހަވާލުކުރާ މިސްކިތެއްގައި ފަރުޟު ފަސްނަމާދު ކޮންމެ ނަމާދު ވަގުތެއްގެ ގަޑި ޖެހުމުގެ ކުރިން މިސްކިތަށް ދުރުވެ މިސްކިތުގެ ކަންތައްތައް ބަލައި ރަނގަޅު ކުރަންޖެހޭ ކަންތައްތައް ރަނގަޅުކުރުމާއި ފަރުޟު ފަސްނަމާދުގައި ގަޑި ނުޖެހި ނަމާދު ވަގުތުގައި ބަންގި ގޮވުމާއި، އިމާމުވެ ނަމާދުކުރުން.
- ދުވަހު ހާޒިރީގައި ސޮއިކޮށްފައިވަނިކޮށް، ހަމަ އެދުވަހު ކަމެއް ދިމާވެގެން މިސްކިތަށް ދިއުމަށް އުޒުރުވެރިވާނަމަ، ނުވަތަ ސަލާމުގެ ޗުއްޓީގައި ހުންނަ ދުވަހެއްނަމަ، އެ ދުވަހުގެ ބާކީ އޮތްބައި ފުރިހަމަކުރުމަށް، ކީރިތި ޤުރްއާން ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް ކިޔަވަން ދަންނަ، އަޑުހަރުކޮށް ބަންގިގޮވޭފަދަ ޤާބިލު މީހަކާ، މިސްކިތުގައި އިމާމުވެ ނަމާދުކުރަން ހަވާލުކޮށްފައި، އިދާރާއަށް އެކަން އެންގުން.
- މިސްކިތުމަސައްކަތު މީހުންގެ މަސައްކަތްތައް ސްޕަވައިޒްކުރުން
- މިސްކިތަށް ލިބޭ ގެއްލުންތަކާއި، ދަތިވާ ކަންކަން ކައުންސިލް އިދާރާއަށް ހުށަހަޅާ އެކަންކަން ރަނގަޅުކުރުމަށް މަސައްކަތް ކުރުން.
- މިސްކިތުގެ ސައުންޑް ސިސްޓަމް ބެލެހެއްޓުން
- ކޭތަނަމާދާއި ޢީދުނަމާދާއި ހުކުރުނަމާދު އަދި ތަރާވީޙުނަމާދާއި، ކަށުނަމާދު ކައުންސިލްގެ އިދާރާއިން އަންގައިފިނަމަ އިމާމުވެ މިސްކިތުގައި ކުރުން.
|
މަޤާމު
|
ރޭންކް
|
ކްލެފިކޭޝަން
|
ޝަރުޠު
|
މުސާރަ
|
ސަރވިސް އެލަވަންސް
|
މުދިމު
|
ޖީ.އެސް 1
|
އެސިސްޓެންޓް އޮފިސަރ ގްރޭޑް 1
|
މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއެކު،
- އިމާމުވެ ނަމާދުކުރަން އެނގޭ މީހެއްތޯ ބެލުމާއި، އަދި އިމާމުވެ ނަމާދު ކުރެވޭވަރަށް ތަޖުވީދުމަގުން ކީރިތިޤުރުއާން ކިޔަވަން އެނގޭތޯ ބެލުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ދެވޭ ފެންވަރު ބެލުމުގެ އިމްތިޙާނުން ފާސްވެފައިވުން، ނުވަތަ
- ހުކުރު ކުރުމުގެ ހުއްދަ ލިބިފައިވުން
|
-/3565
|
-/1500
|
އިމާމު
|
ޖީ.އެސް 3
|
އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ އޮފިސަރ ގްރޭޑް 1
|
މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއެކު،
- މުދިމްކަމުގެ ސަނަދު ލިބިފައިވުން. ނުވަތަ،
- ހުކުރު ކުރުމުގެ ސަނަދު ލިބިފައިވުން. ނުވަތަ،
- ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލު ކޮށްފައިވުން.
|
-/4465
|
-/1500
|
އިމާމު
|
ޖީ.އެސް 4
|
އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ އޮފިސަރ ގްރޭޑް 2
|
މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއެކު،
- އިމާމުގެ މަޤާމުގައި ޖީ.އެސް 3 ރޭންކްގައި މަދުވެގެން 5 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،
- މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ޤަބޫލުކުރާ ދީނީ މަރުކަޒަކުން މަތި ޘާނަވީ ސެޓުފިކެޓު ލިބިފައިވުން ނުވަތަ،
- ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލު ކޮށްފައިވުން.
|
-/5020
|
-/1500
|
އިމާމު
|
އެމް.އެސް 1
|
ޓެކްނިކަލް އޮފިސަރ ގްރޭޑް 1
|
މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއެކު،
- އިމާމުގެ މަޤާމުގައި ޖީ.އެސް 4 ރޭންކުގައި މަދުވެގެން 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،
- ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާސިލު ކޮށްފައިވުން.
|
-/5610
|
-/2000
|
އިމާމު
|
އެމް.އެސް 2
|
ޓެކްނިކަލް އޮފިސަރ ގްރޭޑް 2
|
މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއެކު،
- ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލު ކޮށްފައިވުން.
|
-/6295
|
-/2000
|
އިސްއިމާމު
|
އެމް.އެސް 3
|
ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 2
|
މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއެކު،
- ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ލިބިފައި ވުމާއެކު، އިމާމުގެ މަޤާމުގައި އެމް.އެސް 2 ރޭންކުގައި މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
- ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލު ކޮށްފައިވުން.
|
-/7035
|
-/2000
|
އެހެނިހެން އިނާޔަތްތައް:
|
- އިތުރުގަޑީގައި މަސައްކަތްކުރާނަމަ ސިވިލްސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި، ބަންދުދުވަހުގެ ފައިސާ އަދި މަސައްކަތަށް ރަނގަޅު ނަމަ، ސިވިލްސަރވިސްގެ މުވައްޒަފުންނާބެހޭ ގަވާއިދުގައިވާ ގޮތުގެމަތިން ވަޒީފާގެ ކުރިއެރުން ދެވޭނެއެވެ. އަދި އަހަރީޗުއްޓީގެ ގޮތުގައި ކޮންމެ އަހަރަކު 30 ދުވަހާއި، ޢާއިލީ ޒިންމާ ޗުއްޓީގެ ގޮތުގައި 10 ދުވަސް ލިބޭނެއެވެ.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
1 - ތަޢުލީމާއި ތަމްރީނު.
2 - މަސައްކަތުގެ ތަޖުރިބާ.
3 - މަސއްކަތުގެ ހުނަރާއި. ފެންވަރާއި، ޤާބިލުކަމާއި ސިފަތައް
|
މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއުއާއި ޕްރެކްޓިކަލްސް އަދި އިމްތިޙާން ކުރުން އޮންނާނެ ތާރީޚާއި ތަން:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތުގެ 15 ދުވަހުގެ ތެރޭގައި ކުރިމަތިލީ ފަރާތްތަކަށް އެންގޭނެއެވެ.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (އެޕްލިކޭޝަން ފޯމު ލ. މާބައިދޫ ކައުންސިލް އިދާރާގެ ކައުންޓަރުންނާއި، ސިވިލްސަރވިސް ކޮމިޝަނުގެ ވެބްސައިޓް:www.csc.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.)
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ސެޓުފިކެޓުތައް. (މޯލްޑިވްސް ކޮލިސިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނޭގޮތަށް، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
|
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
|
2016 އޮގަސްޓު 15 ވާ ހޯމަދުވަހުގެ 14:00ގެ ކުރިން ލ. މާބައިދޫ ކައުންސިލްގެއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.
|
އިތުރު މަޢުލޫމާތު ހޯއްދެވުމަށް:
|
ލ. މާބައިދޫ ކައުންސިލް އިދާރާގެ ނަންބަރު 6800708 ފޯނާ ގުޅުއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3020232 އަށް އަދި ފެކްސް ނަންބަރަކީ 6800708
އީމެއިލް ކުރައްވާނީ [email protected] އަށެވެ.
|