ވަޒީފާގެ ފުރުޞަތު
ނަންބަރު: A-MAI/IUL/2016/30
ޕަބްލިޝްކުރި ތާރީޚް: 25 ޖުލައި 2016
ޕަބްލިޝްކުރި ގަޑި: 11:28
ސުންގަޑި: 09 އޮގަސްޓް 2016 13:45
އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ
ދިވެހިރާއްޖެ
ޕްރިންޓަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: ޕްރިންޓަރ

ބޭނުންވާ އަދަދު: 1 (އެކެއް)                                

މަޤާމުގެ ގިންތި: ވަގުތީ / 3 (ތިނެއް) މަސްދުވަހަށް

މަސައްކަތް ކުރަން ހަމަޖެހިފައިވާ ތަން: އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ، ކ. މާލެ

ސެކްޝަން: އެޑްމިން

މަޤާމުގެ ޝަރުޠު:

މަޤާމް

ރޭންކް

ކުލެސިފިކޭޝަން

ދާއިރާ

ޝަރުޠު

މަޤާމުގެ އަސާސީ މުސާރަ

ސަރވިސް އެލަވަންސް

ޕްރިންޓަރ

SS3

ސަޕޯޓް ސްޓާފް ގްރޭޑް 3

  • އިންފޮމޭޝަން ޓެކްނޮލޮޖީ
  • މަޤާމަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް/ހުއްދައެއް/ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަސައްކަތު ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  •  މަޤާމުގެ މަސައްކަތު ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 1 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
 

މަހަކު -/3،875 ރުފިޔާ

މަހަކު -/1،000 ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

- ޗާޕުކުރަންޖެހޭ ޓެސްޓް ޕޭޕަރުތަކާއި، ނޯޓިސްތަކާއި، ފޮޓޯކޮޕީ ހަދަންޖެހޭ ތަކެއްޗާއި، އެހެނިހެން ތަކެތި ކަނޑައެޅިފައިވާ ގަޑިއަކަށް ޗާޕުކޮށް ހަވާލުކުރުން.

- ޕްރިންޓްކުރުމަށް ބޭނުންވާ ކަރުދާހާއި، ދެލިފަދަ ތަކެތި ދުރާލައި ހޯދުން.

- ބައިންޑުކުރުމާއި ލެމިނޭޓްކުރުމަށް ހަވާލުކުރެވޭ ތަކެތި ކަނޑައެޅިފައިފާ ދުވަހަކަށް ނިންމައި ހަވާލުކުރުން.

- ޕްރިންޓިން ރޫމުގައި ހުންނަ ހުރިހާ  މެޝިނަރީތަކާއި  އެހެނިހެން  ތަކެއްޗަށް ރައްކާތެރިވުމާއި ބެލެހެއްޓުން.

- ޕްރިންޓްކުރުމަށް ބޭނުންކުރާ ހުރިހާ މެޝިންތައް ސަރވިސްކުރުވައި ބެލެހެއްޓުން.

- ސްކޫލުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، ސްކޫލުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން މަސައްކަތް ކުރުން.

އުޖޫރައާއި ޢިނާޔަތްތައް:

ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެ މަތިން، ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ދެވޭ އިނާޔަތްތައް (އިތުރުގަޑީގެ ފައިސާ، ރަމަޟާންމަހުގެ ޢިނާޔަތް ފަދަ) ހަމަޖެހިފައިވާ އުސޫލާ އެއްގޮތަށް ލިބޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

1. މެރިޓް އުސޫލުން އެންމެ މަތީ މާކުހެއް ލިބޭ ފަރާތެއް.

2. ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު.

3. މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.

4. މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމުގެ ސިފަތައް.

އިންޓަވިއު ކުރުން:

ހ. އިންޓަވިއު، އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން 7 ދުވަހުގެ ތެރޭގައި ބޭއްވޭނެއެވެ. އިންޓަވިއު އޮންނާނީ، މި މަދަރުސާގެ 6 ވަނަ ފަންގިފިލާގައެވެ.

ށ. އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަކޮށްފައިވާ ދިވެހި ސިވިލް ސަރވިސްގެ 2014 ގެ ޖަދުވަލު 7 ގައިވާ، ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި މަދަރުސާގެ ރިޝެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މި މަދަރުސާގެ www.arabiyya.edu.mv ގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެއެވެ.)

2. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

3. ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) 

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް)

6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މި މަދަރުސާގެ ރިސެޕްޝަނަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 އޮގަސްޓު 9 ވާ އަންގާރަ ދުވަހުގެ 13:45 ގެ ކުރިން، އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާއަށް (ޗާނދަނީމަގު) ވަޒީފާއަށް އެދޭ ފޯމާއި، މަތީގައި ބަޔާންފައިވާ ލިޔުންތަކާއެކު ހުށަހެޅުން އެދެމެވެ.

ނޯޓު:  

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ 3328072 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

20 ޝައްވާލް 1437

25 ޖުލައި 2016