ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)333/333/2016/43
ޕަބްލިޝްކުރި ތާރީޚް: 25 ޖުލައި 2016
ޕަބްލިޝްކުރި ގަޑި: 10:35
ސުންގަޑި: 01 ސެޕްޓެންބަރު 2016 00:00
މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކ.ތުލުސްދޫ ވަގުތީހިޔާ އުވާލުން

އިޢުލާން

ކ. ތުލުސްދޫ ވަގުތީހިޔާ އުވާލުން:

2004 ޑިސެންބަރު 26 ވަނަ ދުވަހުގެ ރާއްޖެއަށް ދިމާވި ސުނާމީ ކާރިޘާއާ ގުޅިގެން، ދ. ރިނބުދޫން ކ. ތުލުސްދޫއަށް 2005 ޖުލައި 26 ގައި ހިޖުރަކުރި ރައްޔިތުން ދިރިއުޅުމަށް ވަގުތީ ހިޔަލެއްގެ ގޮތުގައި، މިރަށުގައި ކުރިން ހިންގި ގަރމަންޓް ފެކްޓަރީގެ ގޯތީގައިހުރި ޢިމާރާތްތަކާއެކު އިތުރު ޢިމާރާތްތައް ހަދައި ހިޖުރަކުރި މީހުން "ކ. ތުލުސްދޫ ވަގުތީހިޔާ" ގެ ނަމުގައި ވަގުތީގޮތުން ރަޖިސްޓަރީކޮށްފައިވެއެވެ.

އެއަށްފަހު، ސަރުކާރުން އަޅުއްވައިދެއްވި ދާއިމީ ހިޔާތަކަށް 2009 ވަނަ އަހަރު އެތަނުގައި ދިރިއުޅެމުންދިޔަ ޢާއިލާތައް ބަދަލުކުރެއްވުމާ ގުޅިގެން، އެ ގެތަކުގެ ނަމުގައި ތުލުސްދޫ ރަށްވެހިންގެ ގޮތުގައި އެ ޢާއިލާތައް ވަނީ ރަޖިސްޓަރީކޮށް ނިމިފައެވެ. އަދި ސަރުކާރުން ބެއްލެވި މިންގަނޑެއްގެ ދަށުން އެމީހުންގެ ތެރޭގައި ތިބި ގޯތި ލިބެންޖެހޭ ފަރާތްތަކަށް 2011 ވަނަ އަހަރު ވަނީ ގޯތިވެސް ދީ ނިންމާފައެވެ. މިބަދަލު ގެނައިފަހުން މިހާތަނަށް 7 އަހަރުދުވަހަށްވުރެ ދިގުމުއްދަތެއް ފާއިތުވެގެން ގޮސްފައިވުމާއެކު، މިހާރު ކ. ތުލުސްދޫ ވަގުތީހިޔަލުގައި އެއްވެސް ޢާއިލާއެއް ދިރިއުޅެމުންނުދާތީއާއި އެ ސަރަޙައްދަކީ މިހާރު ގޯތިދޫކުރުމަށް ރަށުގެ ލޭންޑް ޔޫސް ޕްލޭނުގައި ހިމަނާފައިވާ ސަރަޙައްދަކަށްވާތީ، ކ. ތުލުސްދޫ ވަގުތީހިޔާއަކީ 2016 ސެޕްޓެންބަރު 1 އިން ފެށިގެން އުވާލެވިފައިވާ ތަނެއްކަމުގައި ހަމަޖައްސައި އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

20 ޝައްވާލް 1437

25 ޖުލައި 2016