ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL) PSM-FP/PSM/2016/152
ޕަބްލިޝްކުރި ތާރީޚް: 25 ޖުލައި 2016
ޕަބްލިޝްކުރި ގަޑި: 10:11
ސުންގަޑި: 04 އޮގަސްޓް 2016 14:00
ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ސަރފޭސް ޕްރޯ ވިއްކާނެ ފަރާތެއް ހޯދުމަށް

އިޢުލާން

ޕްރޮޕޯޒަލް ހުށަހެޅުއްވުމުގެ ދަޢުވަތު:

މި ކުންފުންޏަށް ގަންނަން ބޭނުންވާ 2 (ދޭއް) ސަރފޭސް ޕްރޯ ވިއްކާނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރު(IUL) PSM-FP/PSM/2016/133  އިޢުލާނާ ގުޅިގެން ހުށަހެޅުނު ޕްރޮޕޯޒަލްގައިވާ އަގުތައް އެކަށީގެންވާ ވަރަށްވުރެ ބޮޑުވުމުގެ ސަބަބުން އެ ޕްރޮޕޯޒަލް ބާޠިލުކޮށް، ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު ދެވަނަ ފަހަރަށް ހުޅުވާލަމެވެ.

ވީމާ، މި ކުންފުނިން ދޭ މަޢުލޫމާތާ އެއްގޮތަށް މި ތަކެތި ވިއްކުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 އޮގަސްޓު 4 ވާ ބުރާސްފަތިދުވަހުގެ 14:00 އަށް ޕީ.އެސް.އެމް ގެ ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) އަށް ހާޒިރުވެވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 އޮގަސްޓު 9 ވާ އަންގާރަދުވަހުގެ 14:00 އަށް ޕީ.އެސް.އެމް ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) އަށް ހާޒިރުވެވަޑައިގެން ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.

ޕްރޮޕޯޒަލް ހުށަހަޅުއްވާއިރު މިކަމަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ދޫކުރާ މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރައްވައި ހުށަހެޅުއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކުގެ ޕްރޮޕޯޒަލް ބަލައިނުގަނެވޭނެއެވެ.

20 ޝައްވާލް 1437 

25 ޖުލައި 2016