ދިވެހިރާއްޖެ
ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު
ޕްރޮޖެކްޓް އޮފިސަރ – ހދ. ކުޅުދުއްފުށި ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢު
1- މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ކުރިއަށް ގެންދާ ހދ. ކުޅުދުއްފުށީ ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢުއަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ) އިން ވަނީ ހިލޭ އެހީއެއް ލިބިފައެވެ. އަދި މި މަޝްރޫޢުގެ މަސައްކަތުގައި އެހީވުމަށް ޕްރޮޖެކްޓް އޮފިސަރެއް ހޯދަން ހޯދަން ކުރެވުނު ނަންބަރު (IUL)13-K1/13/2015/126 އިއުލާނަށް "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ހުށަހެޅުމުގެ މުއްދަތު 2016 އޮގަސްޓު 1 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް އިތުރުކޮށްފީމެވެ.
2- ޕްރޮޖެކްޓް އޮފިސަރުގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ ކިބައިގައި ހުންނަންވާ ޝަރުޠުތަކުގެ ތެރޭގައި:
- އިންޖިނިއަރިންގ ނުވަތަ ގުޅޭދާއިރާއަކުން ޑިގްރީ ހާސިލުކޮށްފައިވުން އަދި ގުޅޭދާއިރާއެއްގައި މަދުވެގެން 5 އަހަރުދުވަހު މަސައްކަތްކޮށްފައިވުން.
- ބައިނަލްއަޤްވާމީ ޑޯނަރ ފަންޑަޑް ޕްރޮޖެކްޓްތަކުގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު، މި މަޤާމަށް ހޮވޭ ފަރާތު މުސާރައަށް މަހަކު -/23,130 ދިވެހި ރުފިޔާއާ ހަމައަށް މުސާރަ ދެވޭނެއެވެ.
މަތީގައި ދެންނެވިފައިވާ މަސައްކަތުގެ މުއްދަތަކީ 26 މަސްދުވަހެވެ.
މަތީގައި ދެންނެވިފައިވާ މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ފަރާތުން ހުޅުވާލަމެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މިމަސައްކަތް ކުރުމުގެ ޤާބިލުކަން ސާބިތުކޮށްދިނުމުގެ ގޮތުން؛ ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ މަޢުލޫމާތު، މިފަދަ މާހައުލުތަކުގައި މަސައްކަތްކުރުމުގެ ތަޖުރިބާ، ތަޢުލީމީ ފެންވަރާއި ހުނަރު އަދި އެހެނިހެން މަޢުލޫމާތު ހިމެނޭ ވަނަވަރު ހުށަހަޅަން ވާނެއެވެ.
މި މަސައްކަތާގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް) މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv ގައި ޝާއިޢު ކުރެވިފައިވާނެއެވެ. އަދި މި މަސައްކަތާބެހޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ ތިރީގައިވާ އެޑްރެހަށް ލިޔުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
މި މަސައްކަތަށް ފަރާތެއް ހޮވުމުގައި ޢަމަލުކުރާނީ، ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާއަށް ބަލައިގެން، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ ލޯނާއި ހިލޭ އެހީގެ ދަށުން ހިންގޭ މަޝްރޫޢުތަކަށް ކޮންސަލްޓަންޓުން ހޯދުމާބެހޭގޮތުން އެފަރާތުން މާރިޗު 2013ގައި ތައްޔާރުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށެވެ.
ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 އޮގަސްޓު 1 ވަނަ ދުވަހުގެ 14:00 ގެ ކުރިން، "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" މެއިލް، އީމެއިލް ނުވަތަ ފެކްސް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.
ޕަބްލިކް ޕްރޮކިއުމަންޓް ޑިވިޜަން
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
އަމީނީމަގު،
މާލެ، ދިވެހިރާއްޖެ.
ޓެލެފޯން: 3349266، 3349106
ފެކްސް: 3320706 ،3324432،
އީމެއިލް އެޑްރެސް: [email protected]