ވަޒީފާގެ ފުރުޞަތު
ނަންބަރު: 60-ADM/2016/191
ޕަބްލިޝްކުރި ތާރީޚް: 25 ޖުލައި 2016
ޕަބްލިޝްކުރި ގަޑި: 16:33
ސުންގަޑި: 03 އޮގަސްޓް 2016 12:30
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ސަރވިސް އެސިސްޓެންޓް

މަޤާމް :ސަރވިސް އެސިސްޓެންޓް
ބޭނުންވާ އަދަދު :2

އިޢުލާން

ތިރީގައިމިވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމް: ސަރވިސް އެސިސްޓެންޓް ގްރޭޑް 1

ބޭނުންވާ އަދަދު: 2 (ދޭއް)

މުސާރަ: މަހަކު -/3240 ރުފިޔާ

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް (1 އަހަރުދުވަސް)

މަސައްކަތް ކުރަންޖެހޭ ތަން: އެސްޓީއޯ ސަރވިސް ސެންޓަރ

އެހެނިހެން ޢިނާޔަތްތައް:

- އިތުރު އެލަވަންސްގެގޮތުގައި މަހަކު -/1500 ރުފިޔާއާއި -/2000 ރުފިޔާއާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.

- ހަމަޖެހިފައިވާ އުސޫލުން މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް -/100 ރުފިޔާ ދެވޭނެއެވެ.

- އިތުރުގަޑީގައްޔާއި، ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތްކޮށްފިނަމަ، ވަޒީފާއާބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

- ޕްރޮބޭޝަން ހަމަވުމުން، ހެލްތު އިންޝުއަރެންސްގައި ބައިވެރިކުރެވޭނެ.

- މަތީ ތަޢުލީމު ހާސިލުކޮށްފައިވާނަމަ، ހަމަޖެހިފައިވާ އުސޫލުން ޓެކްނިކަލް އެލަވަންސް ނުވަތަ ޕްރޮފެޝަނަލް އެލަވަންސް ލިބޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު:

- ޓެކްނީޝަނުންނާއެކު ރެފްރިޖެރޭޝަނާއި އެއަރކޮންޑިޝަނިންގގެ މެއިންޓަނަންސް މަސައްކަތްތައް ކުރުން.

- އާފްޓަރ ސޭލްސް ސަރވިސް ދިނުން.                                    

ތަޢުލީމާއި ތަޖުރިބާ:

ގްރޭޑް 10 ގެ ފެންވަރު ހުރުން ނުވަތަ ދިވެހިބަހާއި އިނގިރޭސި ބަހުން ލިޔަން ކިޔަން އެނގުން.

އެހެނިހެން ހުނަރު:

- ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައިވުން.

- ވަޒީފާ އަދާކުރާ ސްޓޭޝަން ނޫން އެހެން ސްޓޭޝަންތަކުގައި މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައިވުން.

ސުންގަޑި:

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2016 އޮގަސްޓު 03 ވާ ބުދަ ދުވަހުގެ 12:30 ގެ ކުރިން، އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމު ހުށަހެޅުން އެދެމެވެ. އެޕްލިކޭޝަން ފޯމު، އެސްޓީއޯ ހެޑް އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އެސްޓީއޯގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.

އިތުރު މަޢުލޫމާތު:

- އިންޓަރވިއުއަށް ކިޔޭނީ، ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

- މި މަޤާމަށް ހޮވޭނީ، ތަޢުލީމީ ސެޓުފިކެޓުތަކަށާއި، މަސައްކަތުގެ ތަޖުރިބާއަށާއި، އިންޓަވިއުއަށް ބަލައިި، އެންމެ މަތިން މާކްސް ލިބޭ ފަރާތެކެވެ.

- ވަޒީފާ ހަމަޖެއްސުމުގައި، ޕޮލިސް ރިޕޯޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޕްލިކޭޝަން ހުށަހަޅަންޖެހޭ އެޑްރެސް:

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ، ހެޑް އޮފީސް

ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345

ފޯން: 3344264 ވެބްސައިޓް: www.sto.mv އީމެއިލް: [email protected]

 20 ޝައްވާލް 1437

25 ޖުލައި 2016