ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: MMS-A/2016/34
ޕަބްލިޝްކުރި ތާރީޚް: 25 ޖުލައި 2016
ޕަބްލިޝްކުރި ގަޑި: 16:31
ސުންގަޑި: 11 އޮގަސްޓް 2016 13:00
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް
ދިވެހިރާއްޖެ
ޖަނަރޭޓަރެއް ގަންނަން ބޭނުންވެއްޖެ

އިޢުލާން

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއަށް ޖަނަރޭޓަރެއް ގަންނަން ބޭނުންވެއްޖެ

އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓުގައި ހުންނަ ލޯޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއަށް 48-52 KW އާ ދެމެދުގެ ޖަނަރޭޓަރެއް ގަންނަން ބޭނުންވެއެވެ.

ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 އޮގަސްޓު 4 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ހުޅުލޭގައި ހުންނަ މި ސަރވިސްއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 އޮގަސްޓު 11 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މި ސަރވިސްއަށް އަންދާސީހިސާބު ހުށައެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށައެޅުމުގެ ފުރުސަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ.

މި މަސައްކަތާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން ނަންބަރު 3323084 އަށް ގުޅުއްވުން އެދެމެވެ.

20 ޝައްވާލް 1437

25 ޖުލައި 2016