މަސައްކަތް
ނަންބަރު: (IUL)23-OAA/1/2016/101
ޕަބްލިޝްކުރި ތާރީޚް: 25 ޖުލައި 2016
ޕަބްލިޝްކުރި ގަޑި: 16:16
ސުންގަޑި: 09 އޮގަސްޓް 2016 13:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ކ. ހުރާ ޞިއްޙީ މަރުކަޒު މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ކ. ހުރާ ޞިއްޙީ މަރުކަޒު މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)23-OAA/1/2016/75 (21 ޖޫން 2016) އިޢުލާނަށް ހުށަހަޅުއްވާފައިވާ ބައެއް އަންދާސީހިސާބުތަކުގެ މަޢުލޫމާތު ފުރިހަމަނުވާތީ، ވާދަކުރާނެ ތިން ފަރާތް ނެތުމުން އެ އިޢުލާނު ބާޠިލުކޮށް އަލުން ފުރުޞަތު ހުޅުވާލީމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 2016 އޮގަސްޓު 4 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) 7 ވަނަ ފަންގިފިލާއަށް ނުވަތަ ކ. ހުރާ ޞިއްޙީ މަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 އޮގަސްޓު 9 ވާ އަންގާރަ ދުވަހުގެ 10:30 އަށް މި މިނިސްޓްރީގެ 7 ވަނަ ފަންގިފިލާއަށް ނުވަތަ ކ.ހުރާ ޞިއްޙީ މަރުކަޒަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ކަނޑައެޅިފައިވާ ގަޑިއަށް އަންދާސީހިސާބު ހުށަހަޅަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

 9 ޝައްވާލް 1437

25 ޖުލައި 2016