މަސައްކަތް
ނަންބަރު: (IUL)23-OAA/1/2016/100
ޕަބްލިޝްކުރި ތާރީޚް: 25 ޖުލައި 2016
ޕަބްލިޝްކުރި ގަޑި: 14:28
ސުންގަޑި: 11 އޮގަސްޓް 2016 11:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ދަމަނަވެށީގެ އިމާރާތުގެ އިންފާރުތެރޭގައި އިން ގަސްކޮށައި، ފުރާޅާއި ދިޔަދޮތްވަށް އެޅޭ ފަތްތައް ނަގާ ސާފުކުރުމުގެ މަސައްކަތް އެއް އަހަރުދުވަހުގެ މުއްދަތަށް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

އިޢުލާން

ދަމަނަވެށީގެ އިމާރާތުގެ އިންފާރުތެރޭގައި އިން ގަސްކޮށައި، ފުރާޅާއި ދިޔަދޮތްވަށް އެޅޭ ފަތްތައް ނަގައި ސާފުކުރުމުގެ މަސައްކަތް އެއް އަހަރުދުވަހުގެ މުއްދަތަށް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 2016 އޮގަސްޓު 07 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮގަސްޓު 11 ވާ ބުރާސްފަތި ދުވަހު ހެނދުނު 9:30 އަށް މި މިނިސްޓްރީގެ 7 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

19 ޝައްވާލް 1437

25 ޖުލައި 2016