ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)7-HRCE/1/2016/47
ޕަބްލިޝްކުރި ތާރީޚް: 25 ޖުލައި 2016
ޕަބްލިޝްކުރި ގަޑި: 14:23
ސުންގަޑި: 18 އޮގަސްޓް 2016 14:00
އޮޑިޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
އެސިސްޓެންޓް އޮޑިޓަރ

މަޤާމް :އެސިސްޓެންޓް އޮޑިޓަރ ގްރޭޑް 1
ބޭނުންވާ އަދަދު :4

ވަޒީފާގެ ފުރުޞަތު

މަސައްކަތް ކުރަންޖެހޭ ތަން:  އޮޑިޓަރ ޖެނެރަލްގެ އޮފީސް

އަސާސީ މުސާރަ:        މަހަކު -/4000 ރ. (ހަތަރު ހާސް ރުފިޔާ)

ސަރވިސް އެލަވަންސް:   ދުވާލަކަށް 33/163 ރ. (ސަތޭކަ ފަސްދޮޅަސް ތިންރުފިޔާ ތިރީސް ތިންލާރި)

އޮޑިޓް އެލަވަންސް:     -/2000 ރ. (ދެހާސް ރުފިޔާ)

ލިވިންގ އެލަވަންސް:    -/1500ރ. (އެއްހާސް ފަސްސަތޭކަ ރުފިޔާ)

ޕްރޮފެޝަނަލް އެލަވަންސް:  ޑިޕްލޮމާ ހާސިލުކޮށްފައިވާނަމަ -/500ރ. (ފަސްސަތޭކަ ރުފިޔާ)

                އެޑްވާންސް ޑިޕްލޮމާ ހާސިލްކޮށްފައިވާނަމަ -/750 ރ. (ހަތްސަތޭކަ ފަންސާސް ރުފިޔާ)

އަސާސީ ޝަރުޠު

  1. ޑިޕްލޮމާ (އެމް.އެން.ކިއު.އެފް ލެވެލް 5) ހާސިލުކޮށްފައިވުން ނުވަތަ
  2. ސީ.އޭ.ޓީ ލެވެލް ސީ ފުރިހަމަކޮށްފައިވުން ނުވަތަ
  3. އޭ.ސީ.ސީ.އޭ ޕާޓް 1 ފުރިހަމަ ކޮށްފައިވުން

އަދި މީގެ އިތުރުން އިންޓަރވިއުގައި މި މަސައްކަތަށް ޤާބިލު މީހެއްކަން ސާބިތުކޮށްދިނުން.

އެހެނިހެން ޝަރުޠު

  1. މިއޮފީހުގައި އަދާކުރާ ވަޒީފާ ފިޔަވައި އިތުރު އެހެން އެއްވެސް ވަޒީފާއެއް އަދާނުކުރުމާއި އަދި މި އޮފީހުގައި އަދާކުރާ ވަޒީފާއާ މަސްލަހަތު ފުށުއަރާ ފަދަ އެއްވެސް އަމިއްލަ މަސައްކަތެއް ނުކުރުން.

  2. ދައުލަތުގެ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގައި އިސްކޮށް ޙަރަކާތްތެރިނުވުން، އަދި އެފަދަ ކުންފުންޏެއްގެ ބޯޑެއްގެ ޑިރެކްޓަރެއް ކަމުގައި ނުވުން.

  3. އަމިއްލަ ނަމުގައި އެއްވެސް ވިޔަފާރިއެއް ކުރާ މީހަކު ކަމުގައި ނުވުން.

  4. ސަރުކާރު ހިއްސާވާ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގެ މެޖޯރިޓީ ޝެއަރހޯލްޑަރެއް ކަމުގައި ނުވުން.

  5. މި އޮފީހުގެ އެއްވެސް މުވައްޒަފަކާ ޢާއިލީގޮތުން ގާތްގުޅުމެއް ހުރި މީހަކު ކަމުގައި ނުވުން.

މަޤާމުގެ މަސްއޫލިއްޔަތު

  1. އޯޑިޓް ވާރކްޕްލޭން ތައްޔާރުކުރަން ބޭނުންވާ މަޢުލޫމާތު ހޯދުމަށް އެހީތެރިވެދިނުން.

  2. ވާރކްޕްލޭނާ އެއްގޮތަށް ފީލްޑް އޯޑިޓް އަދި ޑެސްކް އޯޑިޓްގެ މަސައްކަތްތައްކުރުން.

  3. އޮޑިޓް ރިޕޯޓް ތައްޔާރު ކުރުމަށް އެހީތެރިވެދިނުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ކައުންޓަރުންނާއި، އޮފީހުގެ ވެބްސައިޓް www.audit.gov.mv އިން ލިބެން ހުންނާނެއެވެ.)

  2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައި).

  3. ވަކި ފަރާތަކަށް ޚިދްމަތްކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ވަޒީފާއަށް ހޮވިއްޖެ ހިނދެއްގައި މި އޮފީހަށް ބަދަލުވުމުގެ އިއުތިރާޒެއް ނެތް ކަމުގެ ލިޔުން.

  4. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ލިޔުން (މިލިޔުން ހުށަހަޅަންޖެހޭނީ އަސާސީ ޝަރުޠު ހަމަވެ، ސެޓުފިކެޓު ލިބިފައި ނުވާނަމައެވެ.)

  5. ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ، އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް.

  6. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

  7. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެހާއެކު).

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ގަޑި:

18 އޮގަސްޓު 2016 ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އޮޑިޓަރ ޖެނެރަލްގެ އޮފީހަށް
(ޣާޒީ ބިލްޑިންގގެ 1 ވަނަ ފަންގިފިލާ).

އިންޓަވިއު:

  1. މި މަޤާމުގެ އިންޓަރވިއު ޕްރޮސެސްއަށް ޝޯޓް ލިސްޓުކުރެވޭނީ މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ތަޖުރިބާއަށް ބަލައި، އެންމެގިނަ ޕޮއިންޓް ލިބުނު ފަރާތްތަކުގެ ތެރެއިން މި އޮފީހުން ކަނޑައަޅާ އަދަދެއްގެ ފަރާތްތަކެވެ. އިންޓަރވިއުއަށް ޝޯޓް ލިސްޓުކުރެވުނުކަން އަންގާނީ ޝޯޓް ލިސްޓުކުރެވުނު ފަރާތްތަކަށް އެކަންޏެވެ. އިންޓަރވިއުއަށް ޝޯޓް ލިސްޓުކޮށް ނިމުމުން އެކަން މި އޮފީހުގެ ވެބްސައިޓުގައި ޝާއިޢުކުރެވޭނެއެވެ.

  2. އިންޓަރވިއު ޕްރޮސެސް ކުރިއަށްދާނެ ގޮތަކީ، (1) ވަނަ ނަންބަރުގައި ވާގޮތަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް ލިޔުމުން ޓެސްޓެއް ނުވަތަ ޕްރެޒެންޓޭޝަނެއް ދިނުމެވެ. އަދި ޓެސްޓުން ނުވަތަ ޕްރެޒެންޓޭޝަންއިން އެންމެ މަތީ މާކްސް ލިބޭ ފަރާތްތަކުގެ ތެރެއިން އޮފީހުން ކަނޑައަޅާ އަދަދެއްގެ ފަރާތްތަކަށް ޑައިރެކްޓް އިންޓަރވިއުއެއް ދިނުމެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، 3348200 ނަންބަރު ފޯނަށެވެ. ފެކްސް ނަންބަރަކީ، 3316430 އެވެ. އީމެއިލް އެޑްރެހަކީ، [email protected]  އެވެ.    

25 ޖުލައި 2016