މަސައްކަތް
ނަންބަރު: (IUL)459-A/1/2016/127
ޕަބްލިޝްކުރި ތާރީޚް: 25 ޖުލައި 2016
ޕަބްލިޝްކުރި ގަޑި: 14:02
ސުންގަޑި: 08 އޮގަސްޓް 2016 11:00
މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ
ދިވެހިރާއްޖެ
ނެޓްވޯކް އަޅައި ޕީއޭބީއެކްސް ސިސްޓަމް ބަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

 އިޢުލާން

މި މިނިސްޓްރީގެ ދަށުން ޤާއިމުކުރެވިފައިވާ ގދ އަތޮޅު، ޏ. އަތޮޅު އަދި އައްޑޫ ސިޓީ ފެމެލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރުތަކުގައި ނެޓްވޯކް އަޅައި ޕީ.އޭ.ބީ.އެކްސް ސިސްޓަމް ބަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 2016 އޮގަސްޓު 8 ވާ ހޯމަ ދުވަހު 11:00 އަށް މި މިނިސްޓްރީ (ގ. ބިއްލޫރިޖެހިގެ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 2016 އޮގަސްޓު 12 ވާ އާދީއްތަ ދުވަހު 11:00 އަށް މި މިނިސްޓްރީ (ގ. ބިއްލޫރިޖެހިގެ) އަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

20 ޝައްވާލް 1437

25 ޖުލައި 2016