ދިވެހިރާއްޖެ
މަޤާމް :އިންޖިނިއަރ | |
---|---|
ބޭނުންވާ އަދަދު :1 | |
އިޢުލާން ޗައިނާ ސަރުކާރުގެ އެހީގައި ކުރިއަށްގެންދާ "ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖް" މަޝްރޫޢުގެ މަސައްކަތްތައް ބެލެހެއްޓުމަށްޓަކައި ޤާއިމުކޮށްފައިވާ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓަށް އިންޖިނިއަރގެ މަޤާމަށް މީހަކު ހޯދުމަށްޓަކައި 13 ޖުލައި 2016 ގައި ކުރެވުނު ނަންބަރު (IUL)138-PIS1/1/2016/133 ގެ އިޢުލާނުގައި "އެކްސްޕްރެޝަން އޮފް އިންޓްރަސްޓް" ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 އޮގަސްޓު 2 ވާ އާދީއްތަ ދުވަހުގެ 14:00 ކަމުގައި ލިޔެވިފައިވަނީ އޮޅުމަކުންނެވެ. ރަނގަޅުގޮތަކީ، 2016 އޮގަސްޓު 2 ވާ އަންގާރަ ދުވަހުގެ 14:00 އެވެ. މި މަޤާމުގެ މަސައްކަތްތަކާއި، މި މަޤާމަށް ހޯދުމަށް ހަމަޖެހިފައިވާ ފަރާތްތަކަށް ކަނޑައެޅިފައިވާ ޝަރުޠުތައް ބަޔާންކޮށްފައިވާ "ޓަރމްސް އޮފް ރިފަރެންސް" (ޓީ. އޯ. އާރ) މި މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. ވީމާ، މި މަސައްކަތްތަކަށް ޝައުޤުވެރިވާ ފަރާތްތަކުން، 2016 އޮގަސްޓު 2 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، މި މިނިސްޓްރީއަށް "އެކްސްޕްރެޝަން އޮފް އިންޓްރަސްޓް" ހުށަހެޅުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯދުމަށް: އިންފްރާސްޓްރަކްޗަރ ޑިޕާޓްމަންޓް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ. އަމީނީ މަގު، މާލެ، ދިވެހިރާއްޖެ. ފޯން: 3004300 ފެކްސް: 3004301 އީ-މެއިލް: [email protected] ވެބްސައިޓް: www.housing.gov.mv 16 ޝައްވާލް 1437 |