ދިވެހިރާއްޖެ
އިޢުލާން
2016 ވަނަ އަހަރުގެ ޖޫންމަހު ފަށާ ސެމިސްޓަރގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކަށް ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކުރެވިއްޖެ
- ވާހަކަ ދައްކަން ދަސްކޮށްދޭ ކޯސް ލެވެލް 1
- ސެޓުފިކެޓު 1 އިން އިންގްލިޝް ފޮރ ޖެނެރަލް ޕަރޕަސް
ވީމާ، މި ކޯސްތަކަށް ވަންނަން އެދޭ ފަރާތްތަކުން، ކޯހަށް ވަނުމަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި، 2016 އޮގަސްޓު 4 ވާ ބުރާސްފަތިދުވަހުގެ 13:00 ގެ ކުރިން ޔުނިވަރސިޓީގެ ދަރިވަރުންގެ ޚިދުމަތްތަކާ ބެހޭ ބައިގެ އިދާރާއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.
މަތީގައި ދެންނެވުނު ކޯސްތަކަށް ބޭނުންވާ ތަޢުލީމީ މިންގަޑުތަކުގެ ތަފުސީލު ތިރީގައި މިވަނީއެވެ.
ލެވެލް |
ފެކަލްޓީ / ސެންޓަރުގެ ނަން |
ކޯހުގެ ނަން |
ޝަރުޠު |
ދަންފަޅި |
ކޯހުގެ ޖާގަ |
މުއްދަތު |
ކޯހުގެ ޖުމްލަ ފީ |
ސެޓުފިކެޓު ލެވެލް 1 |
ލޭންގުއޭޖް ލާރނިންގ ސެންޓަރ |
ވާހަކަ ދައްކަން ދަސްކޮށްދޭ ކޯސް ލެވެލް 1 |
ހ. ފަށާ ތަޢުލީމުގެ މިންވަރަށް ތަކެތި (ލިޔަން، ކިޔަން، ވާހަކަދައްކަން) ދަންނަ މީހަކު ކަމުގައިވުމާއެކު، ޢުމުރުން 16 އަހަރު ފުރިހަމަވެފައިވާ މީހެއްކަމުގައި ވުން. |
ހަވީރު |
25 |
8 ހަފުތާ |
-/500 ރުފިޔާ |
ސެޓުފިކެޓު ލެވެލް 1 |
ލޭންގުއޭޖް ލާރނިންގ ސެންޓަރ |
ސެޓުފިކެޓު 1 އިން އިންގްލިޝް ފޮރ ޖެނެރަލް ޕަރޕަސް |
ހ. ފަށާ ތަޢުލީމުގެ މިންވަރަށް ތަކެތި (ލިޔަން، ކިޔަން، ވާހަކަދައްކަން) ދަންނަ މީހަކު ކަމުގައިވުމާއެކު، ޢުމުރުން 16 އަހަރު ފުރިހަމަވެފައިވާ މީހެއްކަމުގައި ވުން. |
ހަވީރު |
25 |
10 ހަފުތާ |
-/500 ރުފިޔާ |
ކޯސްތަކަށް ވަނުމަށް އެދޭފަރާތްތަކަށް ދެވޭ އިރުޝާދު
ކޯހަށް ވަނުމަށް އެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި:
- ފުރިހަމަ ކޮށްފައިވާ ކޯހަށް ވަނުމަށް އެދޭ ފޯމު
- ލިބިފައިވާ ސަނަދުތަކުގެ ވެލިޑޭޓު ކޮށްފައިވާ އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައިވާ ކޮޕީ.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ޕާސްޕޯޓުސައިޒުގެ 2 ފޮޓޯ.
- ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި، ފުރިހަމަނުވާ ފޯމެއް ބަލައިނުގަނެވޭނެއެވެ.
- ސަނަދުތައް ހުންނަންޖެހޭނީ، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ ނުވަތަ އެމް.ކިޔު.އޭ އިން ސަނަދުގެ ލެވެލް އަންގައިދޭ ތައްގަނޑު ޖަހާފައެވެ.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ވެރިފައި ކުރުމަށްޓަކައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ހުށަހަޅަންޖެހޭނެއެވެ. ކޮޕީ ބެލުމަށްފަހު އަސްލު ދޫކުރެވޭނެއެވެ.
- އަތޮޅުތަކުން ހުށަހަޅާ އެޕްލިކޭޝަންފޯމާއި، އަދި ފޯމާއެކު ހުށަހަޅަންޖެހޭ އެހެނިހެން ތަކެތި، ފެކްސް/ އީމެއިލް މެދުވެރިކޮށް ހުށަހަޅާފައިވާނަމަ، ފޮނުވި ތަކެތީގެ އަސްލުތައް، ފުރުޞަތު ލިބިފައިވާ ކޯހުގައި ރަޖިސްޓަރީ ކުރުމުގެ، ލަސްވެގެން 02 ދުވަސް ކުރިން ޔުނިވަރސިޓީއަށް ހުށަހަޅަންވާނެއެވެ.
- ކޮންމެ ކޯހެއްވެސް ހިންގޭނީ މަދުވެގެން 15 ދަރިވަރުން އެކޯހެއްގައި ބައިވެރިވުމުންނެވެ.
- އިތުރު މަޢުލޫމާތު ހޯދުމަށް ގުޅުއްވާނީ: 3316870 އަދި 3322718 ނަންބަރު ފޯނަށެވެ.
ކޯހާބެހޭ މަޢުލޫމާތު ޔުނިވަރސިޓީގެ ނޯޓިސްބޯޑުގައި ބެހެއްޓިފައި ހުންނާނެއެވެ. ފޯމު ދޫކުރުމާއި ބަލައިގަތުން ހަމަޖެހިފައިވަނީ ބަންދުނޫން ކޮންމެ ދުވަހަކު 10:30 އިން 13:00 އަށް ޔުނިވަރސިޓީގެ ދަރިވަރުންގެ ޚިދުމަތްތަކާބެހޭ ބައިގެ އިދާރާއިންނެވެ.
ފޯމު ލިބެން ހުންނާނީ ޔުނިވަރސިޓީގެ ކައުންޓަރުންނާއި ދަރިވަރުންގެ ޚިދުމަތްތަކާ ބެހޭ ބައިގެ އިދާރާއިން އަދި ވެބްސައިޓު (www.ium.edu.mv) އިންނެވެ.
16 ޝައްވާލް 1437