ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)452-NNCD/452/2016/4
ޕަބްލިޝްކުރި ތާރީޚް: 21 ޖުލައި 2016
ޕަބްލިޝްކުރި ގަޑި: 11:56
ސުންގަޑި: 15 އޮގަސްޓް 2016 14:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ދުންފަތުގެ ބާވަތްތައް ނުވިއްކާ ވިޔަފާރިތައް ފާހަގަކޮށް، ހިތްވަރުދިނުމުގެ ގޮތުން ދެވޭ ހަނދާނީ ފިލާ

އިޢުލާން

ދުންފަތުގެ ބާވަތްތައް ނުވިއްކާ ވިޔަފާރިތައް ފާހަގަކޮށް، ހިތްވަރުދިނުމުގެ ގޮތުން ދެވޭ ހަނދާނީ ފިލާ

ދުންފަތުގެ ބާވަތްތައް ލިބެން ހުންނަ މިންވަރު މަދުކުރުމަށްޓަކައި ދުންފަތް ކޮންޓްރޯލްކުރުމުގެ މަސައްކަތުގައި އަމިއްލަ ފަރާތްތަކުގެ ދައުރު އިތުރުކުރުމަށް ތަފާތު މަސައްކަތްތައް ކުރެވެމުން ދެއެވެ. ވަކިން ޚާއްޞަކޮށް ވިޔަފާރިކުރާ ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމުގެ ގޮތުން ތަފާތު މަސައްކަތް ކުރެވެމުން ދެއެވެ.

މިގޮތުން، ދުންފަތުގެ ބާވަތްތައް އެއްގޮތަކަށްވެސް ނުވިއްކާ އަދި ކުރިން ވިއްކި ނަމަވެސް މިހާރު ހުއްޓާލާފައިވާ، (ހުއްޓާލިފަހުން މަދުވެގެން 3 މަސްދުވަސް ވެފައިވާ) ކާބޯތަކެތި ވިއްކާ އާންމު ފިހާރަތަކާއި، ހޮޓާ، ކެފޭ، ރެސްޓޯރެންޓްތަކަށް ހިތްވަރުދީ، ދުންފަތް ކޮންޓްރޯލްކުރުމުގެ މަސައްކަތުގައި ބައިވެރިވީތީ އެކަން ފާހަގަކުރުމުގެ ގޮތުން، ލިޔުމަކާއި ހަދާނީ ފިލައެއް ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ވީމާ، މިކަމަށް އެދި ނަން ހުށަހަޅަން އެދޭ ފަރާތްތަކުން، މި ކަމަށް ނަން ހުށަހެޅުމަށް ތައްޔާރުކޮށްފައިވާ ފޯމު ފުރިހަމަކުރުމަށްފަހު 2016 އޮގަސްޓު 15 ވަނަ ދުވަހުގެ ނިޔަލަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީއަށް ހުށަހެޅުއްވުން އެދެމެވެ.

މި ކަމަށް އެދި ހުށަހަޅާ ފޯމު މިނިސްޓްރީ އޮފް ހެލްތުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ފޯމު ހަމަ އެތަނުން ބަލައިގަންނާނެ ވާހަކަވެސް ދަންނަވަމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ފޯނު ނަންބަރު: 3014411 ނުވަތަ 3014455 އަށް ގުޅުއްވުން އެދެމެވެ. ނުވަތަ [email protected] އަށް އީ މެއިލް ކުރެއްވުން އެދެމެވެ. 

16 ޝައްވާލް 1437

21 ޖުލައި 2016