ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)393/393/2016
ޕަބްލިޝްކުރި ތާރީޚް: 20 ޖުލައި 2016
ޕަބްލިޝްކުރި ގަޑި: 11:43
ސުންގަޑި: 08 އޮގަސްޓް 2016 11:00
ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބައެއް ތަކެތި ހޯދައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އަންދާސީހިސާބު ހޯދުން:

މި ކައުންސިލަށް ބޭނުންވާ ތިރީގައި މިދަންނަވާ ތަކެތި ހޯދައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ، އެފަދަ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

200 ގޮނޑި ޕްލާސްޓިކް އާދައިގެ

500 ތަށި މުށި ބަތްކާ އާދައިގެ

500 ޖޯޑު މުށި ސައިބޯ އާދައިގެ

175 ކުނާ ނައިލޯނު އާދައިގެ

6 ބަކަރިހަން ނުވަތަ ޖަނަވާރެއްގެ އެ ފެންވަރުގެ ހަން

މިކަމާބެހޭ މަޢުލޫމާތު ސާފުކޮށްދިނުން 2016 އޮގަސްޓު 8 ވަނަ ދުވަހުގެ މެންދުރުކުރީގެ 11:00 ގައި މި އިދާރާގައި އޮންނާނެއެވެ. އަންދާސީހިސާބުތައް ހުށަހެޅުމަށް ހަމަޖެހިފައިވަނީ 2016 އޮގަސްޓު 11 ދުވަހުގެ މެންދުރުކުރީގެ 11:00 ގައި މި އިދާރާގައެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި، ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތައް ބަލައިގަތުމަށް ހަމަޖެހިފައެއްނުވެއެވެ. ފިހާރައަކުން ނުވަތަ މީހެއްގެ ބަދަލުގައި ވަޑައިގަންނަވާނަމަ އެފަރާތުގެ ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ނަންބަރު 6780031 ފޯނާ ގުޅުއްވުން އެދެމެވެ.

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

15 ޝައްވާލް 1437

20 ޖުލައި 2016