ދިވެހިރާއްޖެ
އިޢުލާން
ހުވަދުއަތޮޅު ދެކުނުބުރީ ރަށްރަށުގެ ދަޑުވެރިންނަށާއި މަސްވެރިންނަށް އަމާޒުކޮށްގެން ޓްރެއިނިންގ ޕްރޮގްރާމެއް ހިންގައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން 2016 މޭ 19 ވަނަދުވަހު މި ކައުންސިލުން ކޮށްފައިވާ ނަންބަރު (IUL)242/242/2016/20 އިޢުލާނާ ގުޅިގެން ހުށަހެޅިފައިވާ ޕްރޮޕޯޒަލްތައް އިވެލުއޭޓް ކުރުމަށް އިވެލުއޭޓް ކޮމެޓީއާ މަޝްވަރާކުރުމުން ހުށަހެޅިފައިވާ ޕްރޮޕޯޒަލްތައް ފުރިހަމަކަމަށް ފެނިވަޑައިނުގަންނަވާތީ، ޕްރޮޕޯޒަލްތައް ބާޠިލުކުރުމަށް ކޮމެޓީން ވަނީ ނިންމަވާފައެވެ. އެހެންކަމުން، ޕްރޮޕޯޒަލްތައް ބާޠިލުކޮށް، އަލުން މިކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 އޮގަސްޓު 2 ވާ އަންގާރަދުވަހުގެ 11:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮގަސްޓު 9 ވާ އަންގާރަދުވަހުގެ 11:00 އަށް މި އިދާރާއަށް ވަޑައިގެން ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯޒަލް ބަލައިނުގަނެވޭނެ ވާހަކަ ޢާންމުކޮށް އަންގައި މިކަން އިޢުލާން ކުރީމެވެ.
16 ޝައްވާލް 1437