މަސައްކަތް
ނަންބަރު: (IUL)305/305/2016/64
ޕަބްލިޝްކުރި ތާރީޚް: 21 ޖުލައި 2016
ޕަބްލިޝްކުރި ގަޑި: 11:24
ސުންގަޑި: 04 އޮގަސްޓް 2016 11:00
މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވާރޭފެން ނަގާ ރައްކާކުރާނެ ނިޒާމެއް ޤާއިމުކުރުމަށް

އިޢުލާން

ރ. މާކުރަތުގައި ވާރޭފެން ނަގައި ރައްކާކުރުމުގެ ނިޒާމު ޤާއިމު ކުރުމަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު

ރ. މާކުރަތުގެ ސަހަރާ، މަސްޖިދުލްއަންވާރު، މަސްޖިދުއްރިޟުވާން އަދި ރ. މާކުރަތު ކައުންސިލުގެ އިދާރާގައި ވާރޭފެން ނަގައި ރައްކާކުރާނެ ނިޒާމެއް ޤާއިމުކުރުމަށް ބޭނުންވެއެވެ.

ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.

ބީލަންފޮތް ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން 14:00 އަށް، ރ. މާކުރަތު ކައުންސިލުގެ އިދާރާއިން ހިލޭ ލިބިވަޑައިގަންނަވާނެއެވެ.

މި މަޝްރޫޢުގެ ޕްރީ ބިޑް ބައްދަލުވުން އޮންނާނީ 2016 އޮގަސްޓު 4 ވާ ބުރާސްފަތިދުވަހުގެ ހެނދުނު 11:00 ގައި ރ. މާކުރަތު ކައުންސިލްގެ އިދާރާގެ މީޓިންގރޫމުގައެވެ.

ބިޑް ހުޅުވުން އޮންނާނީ 2016 އޮގަސްޓު 11 ވާ ބުރާސްފަތިދުވަހުގެ ހެނދުނު 11:00 ގައި ރ. މާކުރަތު ކައުންސިލްގެ އިދާރާގެ މީޓިންގްރޫމުގައެވެ. ބީލަންތައް ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ތިރީގައިވާ މަޢުލޫމާތު ލިޔެފައި އޮންނަންވާނެއެވެ.

ހ. ރ. މާކުރަތުގެ ސަހަރާ، މަސްޖިދުލްއަންވާރު، މަސްޖިދުއްރިޟުވާން އަދި ރ. މާކުރަތު ކައުންސިލުގެ އިދާރާގައި ވާރޭފެން ނަގައި ރައްކާކުރާނެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް"

ށ. ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އަދި ގުޅޭނެ ނަންބަރު

ނ. ބީލަން ހުށަހަޅާ ތާރީޚާއި ވަގުތު

ރ. ބީލަންފޮތުގައި ފުރިހަމަ ކުރަން ކަނޑައަޅާފައިވާ ހުރިހާ ފޯމުތައް ފުރިހަމަނުވާނަމަ ބިޑް ކެންސަލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ރަސްމީގަޑީގައި 6580015 ނަންބަރަށެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

16 ޝައްވާލް 1437

21 ޖުލައި 2016