ދިވެހިރާއްޖެ
އިޢުލާން
ގދ. އަތޮޅު ކައުންސިލްގެ ފަރާތުން މުޅިއަތޮޅަށް ހުޅުވާލައިގެން ބެޑްމިންޓަން މުބާރާތެއް ބޭއްވުމަށް 2016 ޖުލައި 4 ވަނަ ދުވަހު މި ކައުންސިލުން ކޮށްފައިވާ ނަންބަރު: (IUL)242/242/2016/28 އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ވަޑައިގެންނެވި ފަރާތްތަކުން އަންދާސީހިސާބު ހުށަހަޅުއްވާފައިނުވާތީ. އަލުން މިކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 އޮގަސްޓު 2 ވާ އަންގާރަދުވަހުގެ 11:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮގަސްޓު 7 ވާ އާދީއްތަދުވަހުގެ 11:00 އަށް މި އިދާރާއަށް ވަޑައިގެން ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯޒަލް ބަލައިނުގަނެވޭނެ ވާހަކަ ޢާންމުކޮށް އަންގައި މިކަން އިޢުލާން ކުރީމެވެ.
16 ޝައްވާލް 1437