ދިވެހިރާއްޖެ
ހޯލް އިމާރާތުގެ ދެ ކްލާސްރޫމް މަރާމާތު ކުރުން
މި މަދަރުސާގެ ނަންބަރު GS160/2016/074 (29 ފެބުރުވަރީ 2016) އިން ހޯލް އިމާރާތުގެ ދެ ކްލާސްރޫމް މަރާމާތުކުރުމަށް ކުރި އިޢުލާނަށް ބިޑް ހުށަހަޅާފައިވާ އެއްވެސް ފަރާތަކުން މަސައްކަތުގެ އަންދާސީހިސާބު (އަގުގެ ތަފުސީލު އެނގޭފަދަ ލިޔުމެއް) ހުށަހަޅާފައިނުވާތީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ނަންބަރު (MSG)22-G/GS-160/2016/11 (23 ޖުލައި 2016) މެސެޖުން މި އިޢުލާން ބާޠިލުކުރެއްވުމާ ގުޅިގެން، އަމިއްލަ ތަކެތީގައި ހޯލް އިމާރާތުގެ ދެ ކްލާސްރޫމް މަރާމާތުކޮށްދިނުމަށް އަލުން ޝައުޤުވެރިވެލައްވާ ފަރާތްތަކެއް ހޯދުމަށް އިޢުލާންކުރީމެވެ.
ވީމާ، ތިރީގައި މިދަންނަވާ ގަޑިތަކުގައި މި މަދަރުސާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
|
ތާރީޚު |
ގަޑި |
ތަން |
މައުލޫމާތު ސާފުކުރުން |
04 އޮގަސްޓު 2016 |
13:15 |
އދ. ދިގުރަށު މަދަރުސާ |
އަންދާސީހިސާބު ހުށަހެޅުން |
11 އޮގަސްޓު 2016 |
13:15 |
އދ. ދިގުރަށު މަދަރުސާ |
އަދި، ދަންނަވަމެވެ. މައުލޫމާތު ސާފުނުކޮށް ހުށަހަޅާ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލު ކުރެވޭނެއެވެ.