ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)301-AS/301/2016/42
ޕަބްލިޝްކުރި ތާރީޚް: 24 ޖުލައި 2016
ޕަބްލިޝްކުރި ގަޑި: 15:18
ސުންގަޑި: 11 އޮގަސްޓް 2016 13:00
މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް އިކޮނޮމިކް ޑިވެލޮޕްންޓް އޮފިސަރ (ވަގުތީ)

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

އެސިސްޓެންޓް އިކޮނޮމިކް ޑިވެލޮޕްމެންޓް އޮފިސަރ (ވަގުތީ)

މަޤާމުގެ ބާވަތް:

ވަގުތީ (2 އަހަރުދުވަހަށް)

މަޤާމުގެ ރޭންކް:

ޖީ. އެސް. 4

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

މަސައްކަތް ކުރަންޖެހޭ ތަން:

މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމް ކައުންސިލްގެ އިދާރާ

ސެކްޝަން:

އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް، އަނގޮޅިތީމް ކައުންސިލްގެ އިދާރާ

މުސާރަ:

މަހަކު -/5020 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1500 ރުފިޔާ

އެހެނިހެން އެލަވަންސް:

އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި، ރަމަޟާންމަހުގެ މުނާސަބަތުގައިދޭ ޚާއްޞަ އެލަވަންސްގެ ފައިސާ.

ބޭނުންވާ އަދަދު:

1 (އެކެއް)

އަސާސީ ޝަރުޠު:

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

2. މަތީ ސާނަވީ (ޖީސީއީ އޭލެވެލް) އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ހަޔަރ ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހ' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ؛

3. ސާނަވީ  އިމްތިޙަނަކުން  (ޖީސީއޯލެވެލް)  2  މާއްދާއަކުން  "ޑީ"  ފާސް  ލިބިފައިވުމުގެ  އިތުރުން،  ސެކަންޑަރީ  ސްކޫލް  ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

- އިކޮނޮމިކް ޑިވެލޮޕްމަންޓް ޝެކްޝަނަށް ހުށަހެޅޭ މައްސަލަތައް ރެކޯޑްކޮށް ބެލެހެއްޓުމާއި، ހުށަހެޅޭ މައްސަލަތަކުގެ ރިޕޯޓު، ކަމާ ގުޅޭ ދާއިރާތަކަށް ފޮނުވުން.

- ޝެކްޝަނަށް ހުށަހެޅޭ ސިޓީއާއި، މެސެޖު ފަދަ ތަކެއްޗަށް ޖަވާބުދިނުން.

- ރަށަށް އަރާފައިބާ ބިދޭސީންގެ ދަފްތަރު ތައްޔާރުކޮށް ބެލެހެއްޓުމާއި، ބިދޭސީންގެ ރެކޯޑުތައް، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.

- އަނގޮޅީމް ކައުންސިލްގެ އިދާރާއަށް ބޭނުންވާ ލިޔެކިޔުމާ ބެހޭގޮތުން ހޯދާތަކެތި ފިޔަވައި އެހެނިހެން ތަކެތި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް ހޯދުމަށް ބޭނުންވާ ފޯމުތައް ތައްޔާރުކުރުމާއި، އެތަކެތި ހޯދައިދިނުމާއި، ތަކެތީގެ ސްޓޮކް ލިޔެ ބެލެހެއްޓުން.

- އަނގޮޅިތީމް ބަނދަރު ބައްތިއާއި، އިޖުތިމާޢީ ސަރަހައްދަށާއި މަގުބައްތިތަކަށް ބޭނުންވާ ތަކެތި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް ހޯދުމަށް ބޭނުންވާ ފޯމުތައް ތައްޔާރުކުރުމާއި، އެތަކެތި ހޯދުމާއި، އެތަކެތީގެ ސްޓޮކް ލިޔެ ބެލެހެއްޓުން.

- ރަށުގެ ތަރައްޤީގެ ޕުލޭނުގެ، މަސައްކަތު ތާވަލް، ކުރިއަށްއޮތް އަހަރަށް ތައްޔާރުކުރުމުގައި އެހީތެރިވުން.

- ސަރުކާރާއި ރައްޔިތުންގެ ރުއްގަސްތަކުގެ ދަފްތަރު ލިޔެ ބެލެހެއްޓުން.

- މިސްކިތްތައް ބެލެހެއްޓުމުގައި އެހީތެރިވުން.

- ބިޑް ޑޮކިއުމަންޓްތައް ތައްޔާރުކުރުމާއި، ބިޑް އިވެލުއޭޝަން ކޮމިޓީގެ އެހީގައި ބިޑްތައް އިވެލުއޭޓްކުރުން.

- ޔުނިޓުގެ ލިޔެކިއުންތައް ފައިލްކޮށް ބެލެހެއްޓުން.

- އަނގޮޅިތީމް ވިޔަފާރިވެރިންނާ ގުޅުންހުރި މަސައްކަތްތައް ކުރުމާއި، ކައުންސިލާއި އާންމުންގެ އިޤްތިޞާދީ ފުދުންތެރިކަން އިތުރުކުރުމަށް ބޭނުންވާ ޕްލޭން ތައްޔާރުކޮށް އެކަމާ ގުޅުންހުރި ކަންކަން ރާވައި ހިންގުން.

- އެކިއެކި މީސްމީހުންގެ ކުށުގެ ރެކޯޑް އަޕްޑޭޓްކޮށް ބެލެހެއްޓުން.

- ރަށުގެ އެކި ސަރަހައްދުތަކުގައި މަޢުލޫމާތު ބޯޑުތައް ޖެހުމާއި، އެތަކެތި ބެލެހެއްޓުމާއި، ތިމާވެށި ޙިމާޔަތްކޮށް ބެލެހެއްޓުމުގައި ކުރަންޖެހޭ ކަންތައްތައް ކުރުން.

- މަތީގައިވާ ކަންކަމުގެ އިތުރުން، ކައުންސިލްގެ އިދާރާގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ވެރިން އަންގަވާ ކަންތައްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

1. ދާއިރާއާ ގުޅޭ ސެޓުފިކެޓެއް ހާސިލުކޮށްފައިވުން.

2. މި އިދާރާއިންދޭ ޕްރެކްޓިކަލް އިމްތިޙާނުން ފާސްވުން (މި އިމްތިޙާނުން %50 އިން މަތީން ފާސްނުވާ ފަރާތްތަކަށް އިންޓަވިއުއަކަށް ނުކިޔޭނެ. އިނގިރޭސިބަހާއި ދިވެހިބަހުންވެސް އިމްތިޙާން ކުރެވޭނެއެވެ.)

3. އިންޓަވިއު

4. ލާމަރުކަޒީ ޤާނޫނާއި ގަވާއިދަށް އަހުލުވެރިވުން.

5. ސިވިލް ސަރވިސްގެ ޤާނޫނަށާއި، ސިވިލް ސަރވިސްގެ ގަވާއިދަށް އަހުލުވެރިވުން.

6. މާލިއްޔަތާބެހޭ ޤާނޫނާއި ގަވާއިދަށް އަހުލުވެރިވުން.

7. ދާއިރާއާ ގުޅުންހުރި މަސައްކަތުގެ ތަޖުރިބާ.

އިންޓަވިއުއާއި، ޕްރެޒެންޓޭޝަނާއި، ޕްރެކްޓިކަލްސްއާއި، އިމްތިޙާނުކުރުން:

މި މަޤާމަށް ކުރިމަތިލާ، މަޤާމުގެ ޝަރުޠު ހަމަވާ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރެއިން އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް ބާއްވާ އިންޓަވިއުއާއި އިމްތިޙާނުކުރުން، މި އިޢުލާނުގެ މުއްދަތު ހަމަވާތާ ތިންހަފުތާގެ ތެރޭގައި މި ކައުންސިލް އިދާރާގައި އޮންނާނެއެވެ. މި ގޮތަށް އެންގޭނީ އެ އިމްތިޙާން ނުވަތަ އިންޓަވިއު އޮންނަ ދުވަހުގެ 3 ދުވަހުގެ ކުރިޔަށް.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ތަން:

2016 އޮގަސްޓު 11 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން، މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމް ކައުންސިލްގެ އިދާރާ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަކޮށްފައިވާ، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު.

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް.

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެވިފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް)

6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު/ ސީ.ވީ (ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުގައި، ވަނަވަރުގެ ނަމޫނާ ލިބެން ހުންނާނެ)

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން، މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6580071 ނަންބަރުގެ ފޯނާއެވެ. އީ. މެއިލް އެޑްރެހަކީ، [email protected] އެވެ.

19 ޝައްވާލް 1437

24 ޖުލައި 2016