މަސައްކަތް
ނަންބަރު: (IUL)340/340/2016/45
ޕަބްލިޝްކުރި ތާރީޚް: 19 ޖުލައި 2016
ޕަބްލިޝްކުރި ގަޑި: 15:04
ސުންގަޑި: 04 އޮގަސްޓް 2016 12:15
އަރިއަތޮޅު އުތުރުބުރީ ރަސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެކޮމަޑޭޝަން ބްލޮކުގެ ކުރެހުންތަކާއި ބީ.އޯ.ކިއު ހަދައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އެކޮމަޑޭޝަން ބްލޮކް ކުރަހައިދޭނެ ފަރާތެއް ހޯދުން:

މި ކައުންސިލުން ތިންވަނަ ފަހަރަށް ކުރި ނަންބަރު: (IUL)340/340/2016/43 (03 ޖުލައި 2016) އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވީ ދެ ފަރާތަކުންކަމަށްވާތީ، އެ އިޢުލާން ބާޠިލުކޮށް، އއ. ރަސްދޫގައި އެޅުމަށް ނިންމާފައިވާ އެކޮމަޑޭޝަން ބްލޮކުގެ ކުރެހުންތަކާއި ބީ.އޯ.ކިއު މި ކައުންސިލުން ދޭ މަޢުލޫމާތާ އެއްގޮތަށް ހަދައިދޭނެ ފަރާތެއް ހޯދަން އަލުން އިޢުލާންކުރަމެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮގަސްޓު 04 ވަނަ ދުވަހުގެ 12:15 އަށް މި ކައުންސިލްގެ އިދާރާއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 2016 އޮގަސްޓު 11 ވަނަ ދުވަހުގެ 12:15 އަށް މި ކައުންސިލްގެ އިދާރާއަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ހާޒިރުވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހުށަހަޅަންޖެހޭނެއެވެ. މަޢުލޫމާތު ސާފުކުރަން ބަދަލުގައި އަންނަ ފަރާތްތަކުން އެކަން ބަޔާންކޮށް މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ސިޓީއެއް ހުށަހަޅަންޖެހޭނެއެވެ. މަޢުލޫމާތުދިނުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަނޭޅޭނެއެވެ. މަޢުލޫމާތު ސާފުކުރަނީ ކުންފުންޏަކުންނަމަ، ނުވަތަ ވިޔަފާރިއެއްގެ ނަމުގައިނަމަ، އެ ތަންތަނުގެ ރަޖިސްޓަރީގެ ކޮޕީ، މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ހުށަހަޅަންޖެހޭނެއެވެ.

19 ޖުލައި 2016