މަޤާމު:
|
ސީނިއަރ ޕަބްލިކް ރިލޭޝަންސް އޮފިސަރ
|
ރޭންކް:
|
އެމް.އެސް. 3
|
ކްލެސިފިކޭޝަން:
|
ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1
|
ސެކްޝަން
|
ކޯޕަރޭޓް ސަރވިސަސް
|
މުސާރަ:
|
މަހަކު -/7035 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
މަހަކު -/2000 ރުފިޔާ
|
ލިވިންގ އެލަވަންސް
|
މަހަކު -/4000 ރުފިޔާ
|
ސްޕެޝަލް ޑިއުޓީ އެލަވަންސް:
|
މަހަކު 2462/25 ރުފިޔާ (އަސާސީ މުސާރައިގެ %35)
|
އޯވަރޓައިމް އެލަވަންސް:
|
އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
|
ބޭނުންވާ އަދަދު:
|
1 (އެކެއް)
|
ތަޢުލީމާއި ތަޖުރިބާ:
|
ޕަބްލިކް ރިލޭޝަންސް ނުވަތަ މާސް ކޮމިއުނިކޭޝަން ނުވަތަ ޖަރނަލިޒަމްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
ނުވަތަ
ޕަބްލިކް ރިލޭޝަންސް ނުވަތަ މާސް ކޮމިއުނިކޭޝަން ނުވަތަ ޖަރނަލިޒަމްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަސައްކަތުގެ ދާއިރާއިން މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- ސިވިލް ސަރވިސްކޮމިޝަނުގެ އިދާރާގެ މަސައްކަތްތަކާ ގުޅޭގޮތުން އާންމުންނާއި ސިވިލް ސަރވިސްގެ މުވައްޒަފުން ހޭލުންތެރިކުރުވުމަށް ކުރަންޖެހޭ ކަންތައްތައް ފާހަގަކޮށް، އެފަރާތްތައް ހޭލުންތެރިކުރުވުމަށް ކުރަންޖެހޭ ކަންތައްތައް ހިންގައި ތަންފީޒުކުރުން.
- ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓަކީ ޒަމާނީ، ޔޫސަރ ފްރެންޑްލީ، ބޭނުންތެރި މަޢުލޫމާތު ހިމެނޭ ވެބްސައިޓަކަށް ހެދުމަށްޓަކައި ކުރަންޖެހޭ ދިރާސާތައްކޮށް، ވެބްސައިޓަށް ގެންނަންޖެހޭ ބަދަލުތައް ކަމާބެހޭ މުވައްޒަފުންނާ ގުޅިގެން ގެނައުން.
- ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުގައިވާ މަޢުލޫމާތުތައް ދުވަހުން ދުވަހަށް ބަލައި، އަޕްޑޭޓްކުރަންޖެހޭ މަޢުލޫމާތުތައް ކަމާބެހޭ ސެކްޝަންތަކުން ހޯދައި ކަމާބެހޭ މުވައްޒަފުން މެދުވެރިކޮށް ދުވަހުން ދުވަހަށް ވެބްސައިޓުގައިވާ މަޢުލޫމާތުތައް އަޕްޑޭޓްކަން ޔަގީންކުރުން.
- ކޮމިޝަނުން ޝާއިޢުކުރަންޖެހޭނެކަމަށް ފެންނަ ފޮތްތަކާއި އެހެނިހެން ލިޔެކިޔުންތައް ކަމާބެހޭ މުވައްޒަފުންނާ ގުޅިގެން ކަނޑައަޅައި، އެތަކެތީގެ ލޭއައުޓް ތައްޔާރުމާއި ޝާއިޢުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންތައްތައް ހިންގައި ބެލެހެއްޓުން.
- ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާއިން ރައްޔިތުންނަށް ދޭ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް، ޒަމާނީ އުސޫލުތަކާ އެއްގޮތަށް ދިނުމާ ގުޅޭގޮތުން ޕަބްލިކް ރިލޭޝަންސް ކެމްޕޭންތައް ފަރުމާކޮށް އެކަންކަން ހިންގައި ބެލެހެއްޓުން.
- ޤާނޫނު ނަންބަރު 1/2014 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގެ ދަށުން ކޮމިޝަނުގެ އިދާރާގެ އިންފޮމޭޝަން އޮފިސަރުގެ މަސްއޫލިއްޔަތު އަދާކުރުން. އަދި، އެމަސްއޫލިއްޔަތު އަދާކުރުމަށްޓަކައި، ކޮމިޝަނުގެ އިދާރާގެ މަސައްކަތްތަކާއި އިންތިޒާމުތަކަށް ގެންނަންޖެހޭ ބަދަލުތައް ހަމަޖެހިފައިވާ އުސޫލުން ގެނެސް، އެކަންކަން ޤާނޫނުގައިވާ ގޮތުގެ މަތިން ފުރިހަމަވެ، ޤާނޫނުގައި ބަޔާންކުރާ މިންގަނޑުތަކާ އެއްގޮތަށް މަޢުލޫމާތު ފޯރުވައިދެވޭކަން ކަށަވަރުކުރުން.
- އާންމު ރައްޔިތުން ސިޓީ، ފޯން އަދި އީމެއިލްގެ ޒަރީޢާއިން ކޮމިޝަނުގެ ފަރާތުން ހޯދުމަށް އެދޭ މަޢުލޫމާތުތައް ކަމާބެހޭ ސެކްޝަންތަކުން ހޯދައި ފޯރުކޮށްދިނުން.
- ކޮމިޝަނުގެ އިދާރާގެ ރިސެޕްޝަނަކީ ޚިދުމަތް ހޯދާ ފަރާތްތަކުގެ މަޤުބޫލުކަން ލިބޭ ފަދަ ތަނަކަށް ހެދުމަށްޓަކައި ކުރަންޖެހޭ ކަންތައްތަކާ ބެހޭގޮތުން ދިރާސާތައްކޮށް، ގެންނަން ފެންނަ ބަދަލުތައް ސުޕަވައިޒަރަށް ހުށަހެޅުން.
- ކޮމިޝަނުގެ ބިއުރޯ ވިންގަކީ ސަރުކާރުގެ އިދާރާތަކުގެ ބޭފުޅުންނާއި އާންމުންވެސް ޒިޔާރަތްކުރާ ތަނަކަށްވާތީ، އެތަނަށް ޒިޔާރަތްކުރާ ފަރާތްތަކަށް ފަސޭހައިން ސިވިލް ސަރވިސް ކޮމިޝަނާބެހޭ މަޢުލޫމާތު ލިބޭނެ ތަނަކަށް ހެދުމަށްޓަކައި ކުރަންޖެހޭ ދިރާސާތައްކޮށް، އެކުލަވާލަންޖެހޭ ޕްލޭންތައް އެކުލަވާލައި، ޢަމަލީގޮތުން ކުރަންޖެހޭ ކަންތައްތައް ހިންގައި ބެލެހެއްޓުން.
- ކޮމިޝަނުގެ އިދާރާގައި ބޭނުންކުރާ ޓީވީތަކުން އިދާރާގެ މުވައްޒަފުންނާބެހޭ މަޢުލޫމާތާއި، އިދާރާއިން މުވައްޒަފުންނަށް ދޭން ބޭނުންވާ ތަފާތު މެސެޖްތަކާއި މަޢުލޫމާތާއި އެހެނިހެން އާންމު މަޢުލޫމާތު ވަގުތުން ވަގުތަށް ފޯރުކޮށްދެވޭނެ ނިޒާމެއް ޤާއިމުކޮށް ހިންގައި ބެލެހެއްޓުން.
- ހަވާލުކުރެވިފައިވާ މަސައްކަތްތަކާ ގުޅިގެން އަދާކުރަންޖެހޭ އެހެނިހެން މަސްއޫލިއްޔަތުތަކުގައި އެހީތެރިވުން.
- ކޯޕަރޭޓް ސަރވިސްއިން ކުރާ އެހެނިހެން މަސައްކަތްތަކުގައި އެހީތެރިވުން.
- ކޮމިޝަނުގެ އިދާރާގެ މަސައްކަތްތަކުގެ ތެރެއިން ޚާއްޞަ ހާލަތްތަކުގައި ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.
- ކޮމިޝަނުގެ އިދާރާގެ މަސައްކަތްތަކުގެ ތެރެއިން ސެކްރެޓަރީ ޖެނެރަލް ހަވާލުކުރާ މަސައްކަތްތައް ކުރުން.
|
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:
|
2016 އޮގަސްޓު 7 ވާ އާދީއްތަ ދުވަހުގެ 14:30 ގެ ކުރިން ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާގެ (ހ. ވެލާނާގޭގެ 12 ވަނަ ފަންގިފިލާ)
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު ކޮމިޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑު ކުރެވޭނެއެވެ).
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ލިބިފައިވާ ހުރިހާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ)
- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ. (މަސައްކަތްކުރި ތަންތަނުން، މަސައްކަތްކުރި މުއްދަތާއި މަޤާމާއި މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ)
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ. (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ). (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- ތަޢުލީމާއި ތަމްރީނު (ކަނޑައެޅިފައިވާ އިން ސައްތަ: %38)
- މަސައްކަތުގެ ތަޖުރިބާ (ކަނޑައެޅިފައިވާ އިން ސައްތަ: %8)
- އިންޓަރވިއު އަދި ޕްރެޒެންޓޭޝަން (ކަނޑައެޅިފައިވާ އިން ސައްތަ: %54)
ނޯޓް: ޕްރެޒެންޓޭޝަންގައި ދެވޭ ސިނާރިއޯތަކަކަށް ޤާނޫނީގޮތުން ބަލައި، ހުށަހެޅުމެއް ހުށަހަޅަން ޖެހޭނެއެވެ.)
|
އިންޓަރވިއު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:
|
މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު 2016 އޮގަސްޓު 8 އާއި 2016 އޮގަސްޓު 11 އާ ދެމެދު މާލޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
|
އިތުރު މަޢުލޫމާތު:
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3307302 ނުވަތަ 3307303 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3303648 އެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. އިތުރު މަޢުލޫމާތު މި ކޮމިޝަންގެ ވެބްސައިޓް http://www.csc.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.
|
16 ޝައްވާލް 1437
|