ވަޒީފާގެ ފުރުޞަތު
ނަންބަރު: GS97/2016/25
ޕަބްލިޝްކުރި ތާރީޚް: 24 ޖުލައި 2016
ޕަބްލިޝްކުރި ގަޑި: 14:13
ސުންގަޑި: 07 އޮގަސްޓް 2016 14:00
މަކުނުދޫ މަަދަރުސާ، ހދ. މަކުނުދޫ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން


ވަޒިފާގެ ފުރުޞަތު:

މި ސްކޫލުގެ ނަންބަރު GS97/2016/18 ގެ އިޢުލާނުގައި، މަޤާމުގެ ޝަރުޠުގައި ދާއިރާ ކަނޑައެޅިފައި ނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމު ނަންބަރު:

188D/22/2016/9

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1    

މަޤާމުގެ ރޭންކް:

ޖީ. އެސް. 3

ބޭނުންވާ އަދަދު:

2 (ދޭއް)

ވަޒީފާއަދާކުރަންޖެހޭ ސެކްޝަން/ އޮފީސް/ރަށް:

އެޑްމިނިސްޓްރޭޓިވް ސެކްޝަން / މަކުނުދޫ ސްކޫލް / ހދ. މަކުނުދޫ

 

މަޤާމުގެ ޝަރުޠު:

- އެޑްމިނިސްޓްރޭޝަން، މެނޭޖްމެންޓް، އިންފޮމޭޝަން ޓެކްނޮލޮޖީ، ހިއުމަން ރިސޯސް މެނޭޖްމެންޓް، އެކައުންޓިންގ، ފައިނޭންސް، ބިޒްނަސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ފާސް ލިބިފައިވުމުގެ އިތުރުން،  ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

 

 

 

 

 

 

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

- މަދަރުސާޔަށް ލިބޭ އެންމެހައި ލިޔެކިއުންތަކާއި ތަކެތި ބަލައިގަނެ، ގަވާއިދުން އެންޓަރކޮށް، ހަވާލުކުރަންޖެހޭ މުވައްޒަފުންނަށް ހަވާލުކޮށް، ރެކޯޑް ބެލެހެއްޓުން.

- މަދަރުސާއިން އެޑިއުކޭޝަން މިނިސްޓްރީއަށާއި އެހެނިހެން އިދާރާތަކަށާއި މުވައްޒަފުންނަށާއި އެހެނިހެން ފަރާތްތަކަށް ފޮނުވަންޖެހޭ ލިޔެކިއުންތަކާއި ތަކެތި ފޮނުވައި، އެފަރާތްތަކަށް ލިބުނުކަން ކަށަވަރުކޮށް، ރިކޯޑް ބެލެހެއްޓުން.

- ދުވަހު ޔައުމިއްޔާއަށް ބޭނުންވާ މަޢުލޫމާތު ޖަމާކުރުމާއި، ޔައުމިއްޔާ ލިޔުން.

- މަދަރުސާގެ ހަރުމުދަލުގެ އިންވެންޓްރީއަށް ނަގަންޖެހޭ ތަކެތި އެންޓަރކޮށް، އުނިކުރަންޖެހޭ ތަކެތި ކަނޑައެޅިފައިވާ އުސޫލުތަކުގެމަތިން އުނިކުރުން.

- ހުރިހާ ސްޓާފުންގެ ހާޒިރީ ބެލެހެއްޓުމާއި، ހާޒިރީ ރިޕޯޓް ހެދުން.

- ވަޒީފާ ބަޔާން ތައްޔާރުކުރުން.

- ވަޒީފާތަކަށް ބޭނުންވާ މުވައްޒަފުން ހޯދުމާއި، މުވަޒަފުން ހަމަޖެއްސުމުގެ އެންމެހައި މަސައްކަތްތައް ކުރުން.

- މުވައްޒަފުންނާ ގުޅުންހުރި އެންމެހައި މަސައްކަތްތައް ކުރުން.

- ބިލްތައް އެންޓަރކޮށް، އޯޑަރ ފޯމު އެޓޭޗްކުރުން.

- ބިލުތަކުގެ ވައުޗަރ ހެދުމާއި ފައިލުކުރުން.

- ބަޖެޓާ ގުޅުންހުރި ސަރކިއުލަރތައް އަޕްލޯޑްކުރުން.

އެގްރިމެންޓް ތައްޔާރުކުރުމާއި،  ބިޑުގެ މަސައްކަތްތައް ކުރުން.

- މުވައްޒަފުންގެ އިތުރުގަޑީގެ ފައިސާގެ ރިޕޯޓް ތައްޔާރުކުރުމާއި، މުސާރަޝީޓް ތައްޔާރުކޮށް، ފޮނުވަންޖެހޭ ފަރާތްތަކަށް މުއްދަތުގައި ފޮނުވުން.

 

މުސާރަޔާއި އެލަވަންސް:

- މުސާރަ: މަހަކު -/4،465 ރުފިޔާ    

- ސަރވިސް އެލަވަންސް: މަހަކު -/1،500 ރުފިޔާ

- އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ސުންގަޑި:

2016 އޮގަސްޓު 7 ވާ އާދީއްތަ ދުވަހުގެ 14:00

 

 

 

 

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)

- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)

- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް)

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު/ ސީ.ވީ ( ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓު: ވަޒީފާގެ އިންޓަވިއުއަށް ހޮވޭ ފަރާތްތަކުން، އިންޓަވިއުއަށް ހާޒިރުވާއިރު، މަތީގައި ބަޔާންކުރެވިފައިވާ ލިޔެކިޔުންތަކުގެ އަސްލު ގެންނަންވާނެއެވެ.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

- ވަޒީފާގެ ޝަރުޠު ފުރިހަމަވުން.

- ތަޢުލީމާއި ތަމްރީން.

- މަސައްކަތުގެ ތަޖުރިބާ.

- ލިބިފައިވާ ހުނަރު.

އިންޓަވިއުއިން ލިބޭ މާކްސް.

އިންޓަވިއު

މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ އިންޓަވިއު އޮންނާނީ، 2016 އޮގަސްޓު 8 ވާހޯމަދުވަހުއެވެ. އިންޓަވިއުއަށް ހާޒިރުވާންޖެހޭ ގަޑި އެފަރާތަކަށް ލިޔުމުން އެންގޭނެއެވެ. އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، އެފަރާތްތަކަށް އެކަންޏެވެ.

 

އިތުރު މަޢުލޫމާތު:

- މި ވަޒީފާގައި މަސައްކަތްކުރާ މުވައްޒަފުން މަސައްކަތްކުރަންޖެހޭނީ، ރަސްމީ ކޮންމެ ދުވަހެއްގެ 6 ގަޑިއިރުއެވެ.

-މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ، މި އިދާރާގެ 6520529 ނަންބަރު ފޯނާ، ރަސްމީ ގަޑީގައި ގުޅުން އެދެމެވެ.

19 ޝައްވާލް 1437

24 ޖުލައި 2016