ވަޒީފާގެ ފުރުޞަތު
ނަންބަރު: I-2016/173
ޕަބްލިޝްކުރި ތާރީޚް: 21 ޖުލައި 2016
ޕަބްލިޝްކުރި ގަޑި: 14:03
ސުންގަޑި: 03 އޮގަސްޓް 2016 15:00
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ސެކިއުރިޓީ އޮފިސަރ

ވަޒީފާގެ ފުރުޞަތު

މަޤާމު:

ސެކިއުރިޓީ އޮފިސަރ

ވަޒީފާގެ ދާއިރާ:

މެނޭޖިންގ ޑައިރެކްޓަރސް ބިއުރޯ

ބޭނުންވާ އަދަދު:

02

މުސާރައާއި އެލަވަންސް އަދި އިތުރުގަޑީގެ ފައިސާ:  

-/5,740 ރުފިޔާއާއި -/12,000 ރުފިޔާއާ ދެމެދު.

ފެންވަރު ނުވަތަ ޝަރުޠު:

  • ގްރޭޑް 7 ގެ ފެންވަރަށް ތަޢުލީމު ހާސިލުކޮށްފައިވުމާއެކު، ދާއިރާއާގުޅޭ 1 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވުން.
  • އުމުރުން 25 އަހަރާއި 35 އަހަރާ ދެމެދުގެ ފަރާތަކަށްވުމާއި، މަޤާމުގެ މަސްއޫލިއްޔަތު އަދާކުރެވޭ ފަދަ ޞިއްޙަތެއް ހުރި ފަރާތެއް ކަމުގައިވުން.

ދާއިރާގެ މައިގަނޑު މަސައްކަތް:

ޑިއުޓީ އުސޫލުން ސެކިއުރިޓީ ބެލެހެއްޓުން.

ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތު ހަމަވާ ތާރީޚު:

2016 އޮގަސްޓު 03 ވަނަ ދުވަހުގެ 15:00 ގެ ކުރިން

ސުންގަޑި:

މި މަޤާމުތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، މި ކުންފުންނީގެ ހެޑްއޮފީހުގެ ރިސެޕްޝަނަށް، 2016 އޮގަސްޓު 03 ވަނަ ދުވަހުގެ 15:00 ގެ ކުރިން ހުށަހެޅުން އެދެމެވެ.

އިންޓަރވިއު:

އިންޓަރވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.

ހުށަހަޅަންޖެހޭ ލިޔުން:

  1. ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެ www.stelco.com.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
  2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  3. އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
  4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

އިތުރު މަޢުލޫމާތު:

މި ވަޒީފާތަކަކީ ކޮންޓްރެކްޓް އުސޫލުން 6 މަސްދުވަހުގެ މުއްދަތަށް ކަނޑައަޅާފައިވާ ވަޒީފާތަކެކެވެ. ނަމަވެސް، ކޮންޓްރެކްޓުގެ މުއްދަތުގެ ތެރޭގައި، ކުންފުނިން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ވަޒީފާ އަދާކޮށްފައިވާނަމަ، 6 މަސްދުވަސް ހަމަވުމުން، ވަޒީފާ ދާއިމީކުރެވޭނެއެވެ.

16 ޝައްވާލް 1437 

21 ޖުލައި 2016