ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)167-HR/167/2016/35
ޕަބްލިޝްކުރި ތާރީޚް: 21 ޖުލައި 2016
ޕަބްލިޝްކުރި ގަޑި: 10:42
ސުންގަޑި: 03 އޮގަސްޓް 2016 15:00
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ދިވެހިރާއްޖެ
އެސިސްޓެންޓް ސިވިލް އޮފިސަރ

މިސަރވިސްގެ ނަންބަރު (IUL)167-HR/167/2016/31 އިޢުލާނަށް އެކަށީގެންވާ ވަރަށް ބޭފުޅުން ކުރިމަތިލައްވާފައިނުވާތީ، އެ މަޤާމަށް ކޮންޓްރެކްޓް އުސޫލުން މުވައްޒަފުން ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

މަޤާމް:             އެސިސްޓެންޓް ސިވިލް އޮފިސަރ

ރޭންކް:             ސީ.އެސް 2

ކްލެސިފިކޭޝަން:        ސަޕޯޓް އޮފިސަރސް

މުސާރަ:             -/5400 ރުފިޔާ    

ސަރވިސް އެލަވަންސް:    -/3500 ރުފިޔާ

ނޮން ޕްރެކްޓިކްސް:      -/2430 ރުފިޔާ

ބޭނުންވާ އަދަދު:        10

މަސައްކަތް ކުރަންޖެހޭ ތަން: މާފުށީޖަލު، އައްސޭރިޖަލު

ޝަރުޠު:        

  1. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
  2. ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' އަދި 'އިސްލާމް' އިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
  3. އެއްވެސް އިރެއްގައި މަސްތުވާ އެއްޗެއް ބޭނުންކޮށްފައިވާ ފަރާތަކަށް ނުވުން.
  4. މީލާދީގޮތުން 18 އަހަރު ފުރި 45 އަހަރު ނުވާ މީހެއް ކަމުގައި ވުން.

މަޤާމުގެ މަސްޢޫލިއްޔަތު:  ޖަލުގެ އިދާރީ މަސައްކަތްތައް ކުރުމަށް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޯދުމަށް ބަލާނެ ކަންތައްތައް:

  1. ތަޢުލީމީ ފެންވަރު.
  2. ދާއިރާއިން ލިބިފައިވާ ތަޖުރިބާ.

ސުންގަޑި:

މި މަޤާމުތަކަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމާއި ވަނަވަރު އަދި ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއެކު 2016 އޮގަސްޓު 3 ވާ ބުދަ ދުވަހުގެ 15:00 ގެ ކުރިން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް ހުށަހެޅުއްވުން އެދެމެވެ. (ޣާޒީ ބިލްޑިންގ/ ގްރައުންޑް ފްލޯރ).

އިތުރު މަޢުލޫމާތު:

  • ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ ފޯމާއި، ޝަރުޠު ހަމަނުވާ ފަރާތްތަކުން ހުށަހަޅުއްވާ ފޯމުތައް ބާޠިލުކުރެވޭނެ ވާހަކަ ދަންނަވަމެވެ.
  • ހުށަހަޅުއްވާފައިވާ ލިޔެކިޔުންތައް ޞައްޙަ ނޫންކަމަށް ސާބިތުވެއްޖެނަމަ ފޯމު ބާޠިލުކުރެވޭނެ ވާހަކަ ދަންނަވަމެވެ.
  • އެޕްލިކޭޝަނާއެކު ހުށަހަޅާ ލިޔުންތަކުގެ އަސްލު އިންޓަރވިއުއަށް ހާޒިރުވާއިރު ގެންނަންޖެހޭނެއެވެ.
  • މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް

 ފޯން ނަންބަރު: 3312694، 3328443

 ފެކްސް ނަންބަރު: 3313727

 އީމެއިލް: [email protected]

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ފޯމު (މި ފޯމު މި ސަރވިސްގެ www.corrections.gov.mv ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިސަރވިސްގެ ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ.)
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނޭހެން، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ފޮޓޯކޮޕީ. (އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ)
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ) 
  • ސިވިލް ސަރވިސް އަށް / ސަރުކަރާށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މީހެއްނަމަ، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުމުގެ ކޮޕީ.
  • ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއްނަމަ ވަޒީފާ އަދާކުރި ތަންތަނުގެ ރަސްމީ ލިޔުމުގެ ކޮޕީ.
  • ނެގި ފަހުން 03 މަސްނުވާ އިސްކޮޅު ފެންނަ ފޮޓޯއެއް އަދި ޕާސްޕޯޓްސައިޒުގެ ފޮޓޯއެއް.
  • އިންޖީނުލީ އުޅަނދު ދުއްވާނަމަ ލައިސަންސްގެ ކޮޕީ.

(ފޯމާއެކު ހުށަހަޅުއްވާ ހުރިހާ ލިޔެކިޔުންތައް ހުންނަންވާނީ ފޯމާއެކު ސްޓޭޕްލް ކުރެވިފައެވެ.)

16 ޝައްވާލް 1437

21 ޖުލައި 2016