ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)166-Schol/166/2016/88
ޕަބްލިޝްކުރި ތާރީޚް: 21 ޖުލައި 2016
ޕަބްލިޝްކުރި ގަޑި: 09:44
ސުންގަޑި: 02 އޮގަސްޓް 2016 13:30
ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
މޮރޮކޯ ސްކޮލަރޝިޕް 2016-2017

މި ސްކޮލަރޝިޕްގެ ދަށުން ކުރިމަތިލެވޭ ދާއިރާތަކާއި މޮރޮކޯގެ ޕަބްލިކް އިންސްޓިޓިއުޓްތައް އަދި ސްކޮލަރޝިޕާބެހޭ މަޢުލޫމާތު ތިރީގައިވާ ވެބްސައިޓްތަކުން ލިބެން ހުންނާނެއެވެ.

www.amci.ma

www.ofppt.ma

ކޯހުގެ ދާއިރާ:

ކޯހުގެ އަދަދު: 2

ބެޗްލަރސް ޑިގްރީ

ކޯހުގެ ލެވެލް:

ކޯހުގެ އަދަދު: 2

މާސްޓަރސް ޑިގްރީ

ކޯހުގެ އަދަދު: 1

ޕީއެޗްޑީ

މޮރޮކޯގެ ގިނަ އިންސްޓިޓިއުޓްތަކުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ ފްރެންޗްބަހުންނެވެ. ޚާއްޞަކޮށް ސައިންޓިފިކް، ޓެކްނިކަލް އަދި އިކޮނޮމިކް ދާއިރާއަށް ހުށަހަޅާ ފަރާތްތަކުން ބަސް ދަސްކުރުމަށްޓަކައި 1 އަހަރުދުވަހުގެ ކޯހެއް ހަދަންޖެހެއެވެ.

ކިޔަވައިދޭ ބަސް:

1. ބެޗްލަރސް ޑިގްރީއަށް ކުރިމަތިލާ ފަރާތްތަކުން:

  • ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ ނުވަތަ އެ ފެންވަރުގެ އިމްތިޙާނަކުން 05 މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން. އަދި
  • ޖީ.ސީ.އީ އޭލެވެލް 03 މާއްދާއިން "އީ' އިން ފެށިގެން މަތީ ގްރޭޑެއް 2015 ނުވަތަ 2016 ވަނައަހަރު ހާސިލުކޮށްފައިވުން. އަދި
  • އުމުރުން 19 އަހަރާއި 23 އަހަރާ ދެމެދުގެ ފަރާތެއް ކަމުގައިވުން. އަދި
  • ޖީ.ސީ.އީ އޯލެވެލް/އައި.ޖީ.ސީ.އެސް.ސީ" ގެ އިނގިރޭސި ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން އިނގިރޭސިން "ސީ" އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން. ނުވަތަ ސީ.އޭ.އީ/ސީ.ޕީ.އީ އިމްތިޙާނުން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން. ނުވަތަ TOEFL އިން 525 އިން ފެށިގެން މަތި ލިބިފައިވުން. ނުވަތަ IELTS އިން 6.0 އިން ފެށިގެން މަތީ ސްކޯރއެއް ލިބިފައިވުން.

2. މާސްޓަރސް ޑިގްރީއަށް ކުރިމަތިލާ ފަރާތްތަކުން

އެދޭ ކޯހާ ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާސިލުކޮށްފައިވުން. (ކޯހަށް އެދި ހުށަހަޅާ ޑިގްރީ ސެޓުފިކެޓަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވެލިޑޭޓްކޮށްފައިވާ ސެޓުފިކެޓަކަށް ވާންޖެހޭނެއެވެ.)

3. ޕީއެޗްޑީ ހެދުމަށް ކުރިމަތިލާ ފަރާތްތަކުން

އެދޭ ކޯހާ ގުޅޭ ދާއިރާއަކުން މާސްޓަރސް ޑިގްރީ ހާސިލުކޮށްފައިވުން. (ކޯހަށް އެދި ހުށަހަޅާ މާސްޓަރސް ޑިގްރީ ސެޓުފިކެޓަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވެލިޑޭޓްކޮށްފައިވާ ސެޓުފިކެޓަކަށް ވާންޖެހޭނެއެވެ.)

މި ސްކޮލަރޝިޕަށް ހުށަހަޅާ ހުރިހާ ފަރާތްތަކުންވެސް، މަތީގައި ބަޔާންކުރެވިފައިވާ ޝަރުޠުތަކުގެ އިތުރުން ތިރީގައި މިވާ ޝަރުޠުތައްވެސް ފުރިހަމަ ވާންވާނެއެވެ.

4. އެންމެ ފަހުން ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ތަޢުލީމު ހާސިލުކުރުމަށް އެހީ ލިބުނުފަހުން ތިރީގައިވާ މުއްދަތަށް 2 އޮގަސްޓު 2016 ގެ ނިޔަލަށް ދިވެހިރާއްޖެއަށް ޚިދުމަތްކޮށްފައިވުން.

ހ. ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ފުލް ސްކޮލަރޝިޕެއްގެ ދަށުން ތަޢުލީމު ހާސިލުކޮށްފައިވާ ދަރިވަރެއް ނަމަ މަދުވެގެން 2 އަހަރު ޚިދުމަތްކޮށްފައިވުން.

ށ. ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ޕާޝަލް ސްކޮލަރޝިޕެއްގެ ދަށުން ތަޢުލީމު ހާސިލުކޮށްފައިވާ ދަރިވަރެއް ނަމަ މަދުވެގެން 1.5 އަހަރު ޚިދުމަތްކޮށްފައިވުން.

ނ. ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ލޯނު އެހީގެ ދަށުން ތަޢުލީމު ހާސިލުކޮށްފައިވާ ދަރިވަރެއް ނަމަ މަދުވެގެން 1 އަހަރު ޚިދުމަތްކޮށްފައިވުން.

ރ. އަމިއްލަ ގޮތުން ތަޢުލީމު ހާސިލުކޮށްފައިވާ ދަރިވަރުން ޚިދުމަތް ކުރުމުގެ މި ޝަރުޠު ފުރިހަމަވާކަން ނުޖެހޭނެއެވެ. އަދި

5. ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަނުން ނުވަތަ މިޑިޕާޓްމަންޓް މެދުވެރިވެގެން ބޭންކަކުން ކިޔެވުމަށް ނަގާފައިވާ ލޯނެއް އަނބުރާ މުޅިން ދައްކާފައިވާ ފަރާތެއްކަމުގައިވުން. ލޯނު މުޅިން ނުދައްކާ ފަރާތްތަކަށާއި އަދި މި އިޢުލާނުގައިވާ ބައެއް އެހެނިހެން ޝަރުޠުތައް ފުރިހަމަ ނުވާ ފަރާތްތަކަށް ފުރުޞަތު ލިބޭނީ މި އިޢުލާނުގެ އިތުރު މަޢުލޫމާތުގައި ހިމެނިފައިވާ "ސްކޮލަރޝިޕްތަކަށް ދަރިވަރުން ހޮވުމުގައި ޢަމަލުކުރެވޭ ޚާއްޞަ އުސޫލު (ސްޕެޝަލް ކްރައިޓީރިއާ)" ގެ ދަށުންނެވެ.

6. މަތީގައި ދެންނެވިފައިވާ ޝަރުޠުތަކުގެ އިތުރުން މިޑިޕާޓްމަންޓްގެ ވެބްސައިޓް www.dhe.gov.mv ގައި އަޕްލޯޑްކުރެވިފައިވާ މަޢުލޫމާތުކަރުދާހުގައި ކޯހާ ގުޅޭގޮތުން ހިމެނިފައިވާ ޝަރުޠުތައް ފުރިހަމަވާން ޖެހޭނެއެވެ.

ކޯހުގެ ޝަރުޠުތައް:

  • މި ސްކޮލަރޝިޕްގެ ދަށުން ގިނަ ޕްރޮގްރާމްތަކުގައި، ޚާއްޞަކޮށް ސައިންޓިފިކް ޓެކްނިކަލް އަދި އިކޮނޮމިކްސް ޕްރޮގްރާމްތަކުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ ފްރެންޗްބަހުންނެވެ. އަދި މި ސްކޮލަރޝިޕްތަކަށް ހޮވޭ ފަރާތްތަކުން ފުރަތަމަ އަހަރު ފްރެންޗްބަސް ކިޔެވުމަށްފަހު އިމްތިޙާނުން ފާސްވުމުން އެކަށޭނަ ދާއިރާއަކުން ކުރިއަށް ދިއުމަށް ފުރުޞަތު ލިބިގެންދާނެއެވެ.
  • މި ސްކޮލަރޝިޕްގެ ދަށުން މަހަކަށް 750 (ހަތްސަތޭކަ ފަންސާސް) ދިރްހަމް ޕޮކެޓްމަނީއެއްގެ ގޮތުގައި ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި އެލަވަންސް ދިނުމުގައި އެދަރިވަރަކު ކިޔެވުމަށް ހަމަޖެހިފައިވާ އިންސްޓިޓިއުޓަކަށް ގަވާއިދުން ހާޒިރުވޭތޯ ބެލެވޭނެއެވެ.
  • ޑިޕްލޮމާއިން ފެށިގެން މަތީގެ ކޯސްތައް ފުރިހަމަ ކޮށްފައިވަނީ އެހެން ކޯހަކުން ކްރެޑިޓް ލިބިގެން ކަމުގައި ވަނީނަމަ، އެޕްލިކޭޝަން ހުށަހަޅާއިރު ކުރިން ހަދާފައިވާ ކޯސްތަކުގެ ޓްރާންސްކްރިޕްޓް ހުށަހަޅަންވާނެއެވެ. މިގޮތަށް ހުށަނާޅާ ފަރާތްތަކުގެ ޓްރާންސްކްރިޕްޓަށް ޕޮއިންޓް ދެވެން ނޯންނާތީ އެފަރާތްތަކުގެ އެޕްލިކޭޝަން ބާޠިލު ކުރެވޭނެއެވެ.
  • މި ކޯސްތަކަށް ކުރިމަތިލާ ފަރާތްތަކުން ހުށަހެޅޭނީ އެއް އެޕްލިކޭޝަންފޯމެވެ. އެއް ކޯހަށްވުރެ ގިނަ ކޯހަށް އެޕްލިކޭޝަން ހުށަހަޅައިފިނަމަ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
  • މިކޯހަށް އެދި ހުށަހަޅާ ދަރިވަރަކީ، ކިޔަވަން އެދި ހުށަހަޅާ ލެވެލްގެ ކޯހެއް ނުވަތަ އެއަށްވުރެ މަތީ ފެންވަރެއްގެ ކޯހެއް މީގެ ކުރިން ފުރިހަމަކޮށްފައިވާ ދަރިވަރެއްކަމުގައި ވެގެން ނުވާނެއެވެ. އަދި ކިޔަވަން އެދޭ ކޯހާ އެއްފެންވަރެއްގެ ކޯހެއް މިހާރު ފުރިހަމަކުރަމުންދާ ދަރިވަރެއްކަމުގައިވެސް ވެގެން ނުވާނެއެވެ.
  • މި ސްކޮލަރޝިޕްގެ ދަށުން މަތީތަޢުލީމު ހާސިލު ކުރުމަށް ފުރުޞަތު ލިބޭ ދަރިވަރުން ކިޔަވައި ނިންމުމަށްފަހު، ދިވެހި ސަރުކާރުން ކަނޑައަޅާ އޮފީހެއްގައި ނުވަތަ މުއައްސަސާއެއްގައި ޚިދުމަތް ކުރަން ބޮންޑްކުރެވޭނެއެވެ.
  • މި ސްކޮލަރޝިޕްގެ ފައިނަލް ސިލެކްޝަންގެ ދަށުން ނޮމިނޭޓްވާ ކެންޑިޑޭޓަކު ސްކޮލަރޝިޕް ދޫކޮށްލައިފިނަމަ، "މަތީ ތަޢުލީމާއި ތަމްރީނަށް ސަރުކާރުގެ އެހީގައި ނުވަތަ ސަރުކާރު މެދުވެރިވެ ސްކޮލަރޝިޕް އެހީއާއި ލޯންއެހީގައި ދާ ފަރާތްތަކުން ފުރުޞަތު ދޫކޮށްލުމުން ނުވަތަ ކޯސް ފުރިހަމަ ނުކުރުމުން ފަދަ ސަބަބުތައް މެދުވެރިވުމުން ދަރިވަރުން ބްލެކްލިސްޓް ކުރުމާބެހޭ އުސޫލު" ގެ ދަށުން ބްލެކްލިސްޓް ކުރެވޭނެއެވެ.
  • މި އިޢުލާނުގައި ބަޔާން ކުރެވިފައިވާ ޝަރުޠެއް ހަމަނުވުމުގެ ސަބަބުން ނުވަތަ ހުށަހަޅަންޖެހޭ ތަކެތި ހުށަނޭޅުމުގެ ސަބަބުން ޑިސްކޮލިފައި ކުރެވޭ ކެންޑިޑޭޓުން، މި ޑިޕާޓްމަންޓްގެ ވެބްސައިޓްގައި އަޕްލޯޑް ކުރެވިފައިވާ "ސްކޮލަރޝިޕްތަކަށް ދަރިވަރުން ހޮވުމުގައި ޢަމަލުކުރެވޭ ޚާއްޞަ އުސޫލު" ގެ ދަށުން ކޮލިފައި ކުރެވިދާނެއެވެ.
  • މި ސްކޮލަރޝިޕާ ގުޅޭ އިތުރު މަޢުލޫމާތު މިޑިޕާޓްމަންޓްގެ ވެބްސައިޓް www.dhe.gov.mv ގައި އަޕްލޯޑްކުރެވިފައި ވާނެއެވެ. 
  • މި ކޯހަށް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުގެ ލިސްޓު، ނޮމިނޭޝަން ހެދުމަށްފަހު މި ޑިޕާޓްމަންޓްގެ ވެބްސައިޓް: www.dhe.gov.mv އަށް އަޕްލޯޑް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު:

  • ކޯހަށް އެދި ފުރިހަމަކޮށްފައިވާ މި ޑިޕާޓްމަންޓުގެ ފޯމާއި، އެ ފޯމުގައި ބަޔާންކޮށްފައިވާ ތަކެތި.
  • ތަޢުލީމީ ސެޓުފިކެޓުތަކާއި، ފުލް ޓްރާންސްކްރިޕްޓުގެ ކޮޕީގައި އަސްލާ އެއްގޮތްކަމަށް ބަޔާންކޮށް، ސަރުކާރު އޮފީހަކުން، ލޯ ފާމަކުން ނުވަތަ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން ތައްގަނޑުޖެހި އަސްލު. (އޮރިޖިނަލް އެޓެސްޓް ސެޓުފިކެޓު)  އެޓެސްޓްކޮށްފައިވާ ސެޓުފިކެޓުތަކުން ނަގާފައިވާ ކޮޕީ، ސެޓުފިކެޓުގެ އަސްލުގެ ދެފުށުގައި ލިޔެފައިވާނަމަ ދެފުށުގެ ކޮޕީ ނުނަގައި އެޓެސްކޮށްފައިވާ ސެޓުފިކެޓުތައް އަދި އެޓެސްޓްކޮށްފައިވާ ސެޓުފިކެޓުތަކުގެ ސްކޭންކޮޕީ ޤަބޫލެއް ނުކުރެވޭނެއެވެ.

    (އެޓެސްޓް ކުރަންވާނީ އިނގިރޭސިބަހުންނެވެ.) 

  • އެޓެސްޓްކޮށްފައިވާ ލިޔުމުގައި އެޓެސްޓްކޮށްފައިވާ ލޯފާމެއްގެ/އޮފީހެއްގެ ތައްގަނޑާއި ތަނުގެ ނަން، ސޮއިކުރެއްވި ބޭފުޅެއްގެ ނަން، މަޤާމު، އަދި ތާރީޚު އޮންނަންވާނެއެވެ. އެހެންމީހެއްގެ ބަދަލުގައި ނުވަތަ އެހެން މީހެއްގެ ފަރާތުންކުރާ އެޓެސްޓޭޝަންތައްވެސް ހުންނަންވާނީ މިފަދައިންނެވެ. އެޓެސްޓޭޝަން ފުރިހަމަ ނޫންނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.
  • މި އިޢުލާނުގެ ދަށުން އެޕްލިކޭޝަން ހުށަހެޅުމަށްޓަކައި ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަނުން އިޢުލާނުގެ ސުންގަޑި ހަމަވުމުގެ 1 ދުވަސް ކުރިން ބޭނުންފުޅުވާ ފަރާތްތަކަށް އެޓެސްޓް ކޮށްދެވޭނެއެވެ.
  • ސަރުކާރަށް ނުވަތަ އަމިއްލަ ފަރާތަކަށް ޚިދުމަތް ކުރުމުގެ ބޮންޑެއް އޮތް މީހަކު ނަމަ، އެތަނުން އެ މީހަކު ދޫކުރާނެ ކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ.  
  • އެންމެ ފަހުން ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ތަޢުލީމު ހާސިލުކުރުމަށް އެހީ ލިބުމަށްފަހު، މި އިޢުލާނުގެ ޝަރުޠު ނަންބަރު 4 ގައި ބަޔާންކޮށްފައިވާ މުއްދަތަށް ދިވެހިރާއްޖެއަށް ޚިދުމަތްކޮށްފައިވާކަން ސާބިތުކޮށްދިނުމުގެ ގޮތުން،  ޚިދުމަތްކުރި މުއްދަތު ބަޔާންކޮށް ޚިދުމަތްކުރި ފަރާތުން ދީފައިވާ ލިޔުން.
  • މެޑިކަލް ރިޕޯޓް. (އެޓެސްޓް ކޮށްފައިވާ އަސްލު)
  • އިނގިރޭސިބަހަށް ތަރުޖަމާ ކޮށްފައިވާ އުފަންދުވަހުގެ ސެޓުފިކެޓުގެ ކޮޕީ (އެޓެސްޓް ކޮށްފައިވާ އަސްލު)
  • ޕާސްޕޯޓުގެ ކޮޕީ. (އެޓެސްޓް ކޮށްފައިވާ އަސްލު)
    • ޕާސްޕޯޓްސައިޒުގެ 2 ފޮޓޯ. (ފޮޓޯގެ ނުފުށުގައި ދަރިވަރުގެ ފުރިހަމަ ނަމާއި، ޤައުމުގެ ނަން ޖަހަންވާނެއެވެ.)
    • ޕީއެޗްޑީއަށް ހުށަހަޅާ ފަރާތްތަކުން ތީސީސް ޕްރޮޖެކްޓް ހުށަހަޅަންވާނެއެވެ.
    • މަތީގައި ދެންނެވިފައިވާ ތަކެތީގެ އިތުރުން އިތުރުން މިޑިޕާޓްމަންޓްގެ ވެބްސައިޓް www.dhe.gov.mv ގައި  އަޕްލޯޑްކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގައި ހުށަހަޅަން ބުނެފައިވާ ހުރިހާ ތަކެތި.

ހުށަހަޅަންޖެހޭ ތަކެތި:

ސުންގަޑި: 2016 އޮގަސްޓު 2 ވާ އަންގާރަދުވަހުގެ 13:30 ގެ ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަންގެ ކައުންޓަރ (ވެލާނާގެ / 2 ވަނަ ފަންގިފިލާ) އަށް ހުށަހެޅުއްވުން އެދެމެވެ. ސުންގަޑި ހަމަވުމުގެ ކުރިން އެޕްލިކޭޝަން ހުށަހެޅުމުގެ މާނައަކީ އިޢުލާނުގައި ބަޔާންކޮށްފައިވާ ހުރިހާ ޑޮކިއުމަންޓްތަކެއް ހަމަކުރުމަށްފަހު ސިޓީއުރައަށް ލައި ބަންދުކޮށް އެޕްލިކޭޝަންފޯމުގައި ބަޔާންކޮށްފައިވާ މަޢުލޫމާތު ސިޓީއުރައިގެ ބޭރުގައި ލިޔުމަށްފަހު މި ޑިޕާޓްމަންޓްގެ ކައުންޓަރަށް ސުންގަޑި ހަމަވުމުގެ ކުރިން ހުށަހެޅުމެވެ.

ކޯހަށް އެދޭ ފޯމު ހެނދުނު 8:30 އިން 14:00 އަށް ވެލާނާގޭގެ 2 ވަނަ ފަންގިފިލާގައި ހުންނަ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަންގެ ކައުންޓަރުންނާއި،  މި ޑިޕާޓްމަންޓްގެ ވެބްސައިޓުން (http://www.dhe.gov.mv) ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު 3341325 / 3341307 ނަންބަރު ފޯނުން ލިބިވަޑައިގަންނަވާނެއެވެ.

21 ޖުލައި 2016