ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)30-E/30/2016/59
ޕަބްލިޝްކުރި ތާރީޚް: 21 ޖުލައި 2016
ޕަބްލިޝްކުރި ގަޑި: 09:27
ސުންގަޑި: 15 އޮގަސްޓް 2016 14:00
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ބީލަމުގެ އުސޫލުން ފަޅުރަށްރަށް ވަރުވާއަށް ދޫކުރުން

އިޢުލާން

ބީލަމުގެ އުސޫލުން ފަޅުރަށްރަށް ވަރުވާއަށް ދޫކުރުން

މި އިޢުލާނުގައި ހިމެނޭ އދ. އަދި ބ. އަތޮޅުގެ ފަޅުރަށްތައް ވަރުވާއަށް ހިފުމަށް އެދޭ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލި ވާހަކަ ދަންނަވަމެވެ.

  1. އދ.ހިޔަފުށި އަދި އދ.ކުޑަދޫ
  2. އދ.އާފިނޮޅު (ފިނޮޅު)
  3. ބ.ވެޔޮފުށި
  4. ބ.ހިރުންދޫ

ބިޑްފޯމު ވިއްކުމަށް ހަމަޖެހިފައިވަނީ 2016 ޖުލައި 24 ވާ އާދީއްތަދުވަހުން ފެށިގެން 2016 އޮގަސްޓު 15 ވާ އަންގާރަދުވަހުގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން 13:00 އަށް މި މިނިސްޓްރީންނެވެ.

ބިޑްފޯމެއްގެ އަގަކީ -/20 (ވިހި) ރުފިޔާއެވެ.

މަޢުލޫމާތު ދިނުމާއި ޕްރޮސެސިންގ ފީ ބަލައިގަތުމާއި ފޯމު ހުށަހެޅުމަށް ހަމަޖެހިފައިވާ ތާރީޚުތައް ތިރީގައި މިވަނީއެވެ.

މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ތާރީޚު

14 އޮގަސްޓު 2016

ޕްރޮސެސިންގ ފީ ބަލައިގަތުމަށް ހަމަޖެހިފައިވާ ތާރީޚު

15 އޮގަސްޓު 2016 އިން 18 އޮގަސްޓު 2016 އަށް

ފޯމު ހުށަހެޅުމަށް ހަމަޖެހިފައިވާ ތާރީޚު

21 އޮގަސްޓު 2016

ފޯމު ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމާއި ފޯމު ހުށަހެޅުން އޮންނާނެ ތަނާއި ގަޑި މި މިނިސްޓްރީން ފަހުން އިޢުލާން ކުރާނެ ވާހަކަ ދަންނަވަމެވެ.

21 ޖުލައި 2016