ތަމްރީނު
ނަންބަރު: (IUL)56-CAS/1/2016/21
ޕަބްލިޝްކުރި ތާރީޚް: 20 ޖުލައި 2016
ޕަބްލިޝްކުރި ގަޑި: 09:23
ސުންގަޑި:
14 އޮގަސްޓް 2016 14:00
ޤައުމީ ކުތުބުޚާނާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ތަމްރީނު ޕްރޮގްރާމެއް ހިންގުމަށް
ޤައުމީ ކުތުބުޚާނާގެ ފަރާތުން ލައިބްރަރީގެ ދާއިރާ ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި މިދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކަށް އަމާޒުކޮށްގެން ތަމްރީނު ޕްރޮގްރާމެއް 2016 އޮގަސްޓު 23 އިން 25 އަށް ހިންގުމަށް ހަމަޖެހިފައިވެއެވެ. ތިރީގައި މިވަނީ ތަމްރީނު ޕްރޮގުރާމާ ގުޅޭ މަޢުލޫމާތެވެ.
- ތަމްރީނު ދެވޭ ދާއިރާ: އެޑްވާންސް ކްލެސިފިކޭޝަން އެންޑް ކެޓަލޮގިން
- ތަން: ޤައުމީކުތުބުޚާނާ، އިންސްޓިޓިއުޓް އޮފް ލައިބްރަރީ އެންޑް އިންފޮމޭޝަން ސަރވިސަސް
- މުއްދަތު: 03 ދުވަސް
- ޖާގަ: 20
- ތަމްރީނު ޕްރޮގްރާމް އަމާޒުކުރެވިފައިވާ ފަރާތްތައް: ލައިބްރަރީތަކުގައި މަސައްކަތްކުރައްވާ ފަރާތްތަކަށް
ވީމާ، މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވެލެއްވުމަށް އެދޭ ފަރާތްތަކުގެ ސީވީ 2016 އޮގަސްޓު 14 ވާ އާދީއްތަދުވަހުގެ 14:00ގެ ކުރިން ޤައުމީކުތުބުޚާނާގެ އީ-މެއިލް ([email protected]) އަށް މެއިލްކުރެއްވުން އެދެމެވެ. މި ތަމްރީނު ޕްރޮގްރާމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ލައިބްރޭރިއަން ޒުލްހާނާ އާދަމް (3340981) އަށެވެ.
20 ޖުލައި 2016