ދިވެހިރާއްޖެ
އިޢުލާން
އައި.ޓީ.އާ ގުޅޭ ތަކެތި ގަތުމާބެހޭ:
މި ކުންފުންޏަށް އައި.ޓީ.އާ ގުޅުންހުރި ތަކެތި ހޯދުމަށް ކުރެވުނު 09/2016/(MSCL/GOV(IUL ނަންބަރު އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން މި މަސައްކަތަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ ކަމުގައި ދަންނަވަމެވެ. މިގޮތުން، މި ކުންފުންޏަށް ތިރީގައި މިދަންނަވާ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.
- 04 ލެޕްޓޮޕް
- 10 ކޮމްޕިއުޓަރ ސިސްޓަމް
ވީމާ، މިކަމަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކުން 2016 އޮގަސްޓު 1 ވާ ހޯމަ ދުވަހުގެ 11:00އަށް މި ކުންފުންޏަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮގަސްޓު 4 ވާ ބުރާސްފަތި ދުވަހުގެ 11:00އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާނީ ގަލޮޅުދަނޑުގެ އެކޮމޮޑޭޝަން ބްލޮކަށެވެ.