ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)142-C2/1/2016/100
ޕަބްލިޝްކުރި ތާރީޚް: 20 ޖުލައި 2016
ޕަބްލިޝްކުރި ގަޑި: 16:16
ސުންގަޑި: 18 އޮގަސްޓް 2016 14:00
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ފަގީރުންގެ ލިސްޓު އެކުލަވައިލުން

އިޢުލާން

ފަގީރުންގެ ލިސްޓު އެކުލަވައިލުން

1437 ވަނަ އަހަރުގެ ފަގީރުންގެ ގޮތުގައި މާލެސިޓީން ނަން ނޯޓުކޮށްފައިވާ ފަރާތްތަކުގެ މަޢުލޫމާތު ފުރިހަމަނުވާތީ އެ މަޢުލޫމާތުތައް ފުރިހަމަކުރުމަށްޓަކައި މާލެސިޓީގެ މާލެ، ވިލިނގިލި، އަދި ހުޅުމާލޭގައި ފަގީރުންގެ ލިސްޓު އަލުން އެކުލަވައިލުމަށް ބޭނުންވެއެވެ.

ވީމާ، މާލޭސިޓީގެ މާލެ، ވިލިނގިލި، އަދި ހުޅުމާލޭގައި މިހާރު ފަގީރުންގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކާއި އެނޫން ފަރާތްތަކުންވެސް ފަގީރުންގެ މިންގަނޑު ދެނެގަންނަ ފޯމު ފުރުމަށްފަހު ފޯމު ނެންގެވި އިދާރާއަކަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. ފޯމު ދޫކުރުމަށް ހަމަޖެހިފައިވަނީ 2016 އޮގަސްޓު 1 ވަނަ ދުވަހުން ފެށިގެން 2016 އޮގަސްޓު 14 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ހެނދުނު 8:30 ން 13:00 އަށެވެ. އަދި ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2016 އޮގަސްޓު 7 ވަނަ ދުވަހުން ފެށިގެން 2016 އޮގަސްޓު 18 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު 8:30 ން 14:00 އަށެވެ.

މާލެސިޓީގެ ހުޅުމާލޭގައި ދިރިއުޅުއްވާ ފަރާތްތަކުގެ ފޯމް ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އިންނެވެ. ވިލިނގިލީގައި ދިރިއުޅުއްވާ ފަރާތްތަކަށް ފޯމު ދޫކުރުމާއި ބަލައިގަތުން ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ވިލިނގިލީ ޔުނިޓުންނެވެ. އަދި މާލޭގައި ދިރިއުޅުއްވާ ފަރާތްތަކަށް ފޯމު ދޫކުރުމާއި ބަލައިގަތުން ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުންނެވެ.

ފޯމު ދޫކުރުމަށް ކަނޑައެޅިފައިވާ މުއްދަތު ފާއިތުވުމަށްފަހު ފޯމު ދޫކުރުމެއް ނޯންނާނެއެވެ. އަދި ފޯމު ބަލައިގަތުމަށް އިތުރު މުއްދަތެއް ދެވެން ނެތް ވާހަކަ މި ފުރުޞަތުގައި ދަންނަވަމެވެ.

15 ޝައްވާލް 1437

 

 

20 ޖުލައި 2016