ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)GS08/2016/28
ޕަބްލިޝްކުރި ތާރީޚް: 20 ޖުލައި 2016
ޕަބްލިޝްކުރި ގަޑި: 15:29
ސުންގަޑި: 04 އޮގަސްޓް 2016 14:00
ހއ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

މިމަރުކަޒަށް ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމު:

މަސައްކަތު (ދާއިމީ)

ބޭނުންވާ އަދަދު:

2

ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 1

މަޤާމުގެ ނަންބަރު:

188-OD/22/2016/9

ރޭންކް:

އެސް.އެސް.1

މަޤާމު އޮތް އޮފީސް:

ހއ.އަތޮޅު ތަޢުލީމީ މަރުކަޒު

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން:

އިދާރީ

މަސައްކަތް ކުރަން ހަމަޖެހިފައިވާ ތަނާއި ރަށް:

ހއ. އަތޮޅު ތަޢުލީމީ މަރުކަޒު، ހއ. ދިއްދޫ

މުސާރައާއި އެލަވަންސް:

މުސާރަ: -/3100ރ   ސާވިސް އެލަވަންސް: -/1000ރ

އެހެނިހެން ޢިނާޔަތްތައް:

ހަމަޖެހިފައިވާ އުސޫލުގެ މަތިން އިތުރުގަޑީގައި މަސައްކަތް ކުރަންޖެހޭނަމަ އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަޤާމުގެ ޝަރުޠު:

- ލިޔަން ކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  • ކަނޑައެޅިފައިވާ ގަޑީގައި ޑިއުޓީ ކުރުން.
  • ހަވާލުކުރެވިފައިވާ ކްލާސްތަކުގެ ތަޅުންގަނޑާއި ޑެސްކުތައް ފޮޅައި ސާފުކޮށް ފާރުގައާއި ޑެސްކުގައި ނުވަތަ ބޯޑުގައި ކުރަހާފައިވާނަމަ ކުރަހާފައިވާ ތަކެތި ސާފުކުރުން އަދި ތަށި މުށި ޖަހާފައިވާ ކްލާހެއް ސާފުކުރާނަމަ ދުވާލަކު އެއްފަހަރު މޮޕް އަޅައި ސާފުކުރުން.
  • ގޯތިތެރެއާއި މަގުމަތީން ހަވާލުކުރެވިފައިވާ ސަރަޙައްދުގެ ކުނި ނަގައި ވިނަ ނޮޅައި ސާފުކޮށް ބެލެހެއްޓުން.
  • ސްޓާފްރޫމު، އެކަޑަމިކް ސެކްޝަން، ކޮމްޕިއުޓަރ ލެބް، ލައިބްރަރީ އަދި ފާޚާނާގެ ތެރެއިން ހަވާލުކުރެވިފައިވާ ތަންތަނާއި އެތަންތާނގެ އެތެރޭގައި ހިމެނޭ އެންމެހައި ތަކެތި ހިރަފުސްފޮޅައި ސާފުކުރުން.
  • ގޯތިތެރެއަށް ފެންޖަހައި ގަސްތަކަށް ފެންދިނުން.
  • ޑިއުޓީގައި ސްޓާފްރޫމުގައި ބޯފެން އަޅާފައި ބެހެއްޓުން.
  • ކުނިއުކާލާއިރު އެއްވެސް ލިޔެކިޔުމެއް އުކާލައިގެން ނުވާނެއެވެ. އެފަދަ ތަކެތި ނައްތާލަންވާނީ އަންދައިގެންނެވެ.
  • ޑިއުޓީގައި ސްޕަވައިޒަރުން އަންގަވާ ކަންތައް ކުރުން
  • ރަސްމީގަޑިތައް ފިޔަވައި ސްކޫލުގައި ހިންގާ އެހެނިހެން ކަންކަމުގައި އަންގައިފިނަމަ ކަނޑައެޅިފައިވާ ގަޑިތަކަށް ހާޒިރުވުން.
  • ތަނުގައި ހުންނަ ވަސީލަތްތަކާއި ތަކެތި ހެޔޮ ގޮތުގައި ބޭނުން ކުރެއްވުމާއި އެތަކެއްޗަށް ގެއްލުމެއް ނުދީ ބެލެހެއްޓުން.
  • ރަސްމީގަޑީގައި މަސައްކަތް ނިންމުމަށް ވީހާވެސް ބޮޑަށް މަސައްކަތްކުރުން. އަދި ހަވާލުކުރެވިފައިވާ މަސައްކަތް ރަސްމީގަޑީގައި ކޮށްގެން ނުނިމޭ މަސައްކަތާބެހޭ މަޢުލޫމާތު އޮފީހަށް ދިނުން.
  • ހޯލް އެތުރުމަކީ ސަޕޯޓް ސްޓާފުން ކުރަންޖެހޭ ކަމަކަށްވާތީ ހޯލް އެތުރުމުގައި ޢަމަލީގޮތުން ބައިވެރިވެ މަސައްކަތްކުރުން.
  • މަސައްކަތުގެ މުވައްޒަފެއް ސަލާމުގައި ހުންނަ ދުވަހެއްނަމަ، އޭނާ ކުރަންޖެހޭ މަސައްކަތްތައް ކަނޑައެޅިފައިވާ އުސޫލުން ކުރުން.
  • ސްކޫލުގެ މަސައްކަތަށް ނުކުންނަންޖެހޭ ދުވަސްތަކުގައި ސްކޫލު ފިޔަވައި އެހެންތަނަކުން އިންތިޒާމުކުރާ ޙަރަކާތެއްގައި ބައިވެރިވެ ޙަރަކާތްތެރިވާން ތިޔަ މުވައްޒަފަށް ދެންނެވިއްޖެނަމަ، އެފަރާތަކުން ސްކޫލަށް އެކަން ރަސްމީގޮތުން ދަންނަވައި ހުއްދަ ހޯދުމުން ނޫނީ އެފަދަ ޙަރަކާތްތަކުގައި ބައިވެރިނުވުން.
  • އިސްވެދިޔަ ކަންތައްތަކުގެ އިތުރަށް ޚާއްޞަގޮތެއްގައި ހަވާލުކުރެވޭ ޢާންމުގޮތެއްގައި ދިމާނުވާޒާތުގެ ބޮޑެތި މަސައްކަތްތަކުގައި، އަދި ކުއްލިގޮތެއްގައި ހަވާލުކުރެވޭ އަވަސް ކަންތައްތަކުގައި ވެރިން އަންގަވާގޮތުގެމަތިން، ފަރުވާތެރިކަމާއެކު ބަރާބަރަށް ޢަމަލުކުރުން.

މިވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

- ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު

- މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރާއި މަސައްކަތުގެ އަޚުލާޤު

- މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލުކަމާއި ސިފަތައް އިންޓަރވިއު ޕެނަލަށް ސާބިތުކޮށްދެވޭ މިންވަރު

އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުނަމަ:

ފޯން:  6500014

ފެކްސް: 6500560

މެއިލް އެޑްރެސް: [email protected]

ސުންގަޑި:

ޝަރުޠު ހަމަވާ ފަރާތްތަކުން 04 އޮގަސްޓު 2016 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން ތިރީގައި ބަޔާންކުރެވިފައިވާ ތަކެތި، މިމަރުކަޒަށް ހުށަހެޅުއްވުން އެދެމެވެ.

ހުށަހަޅުއްވަންޖެހޭ ތަކެތި:

  • ސިވިލް ސާރވިސްގެ ވަޒީފާ އަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސްގެ ވެބްސައިޓު www.csc.gov.mv އިންނާއި، މިމަރުކަޒުން ލިބެން ހުންނާނެއެވެ.)
  • ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށް އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު)
  • މުއްދަތު ހަމަނުވާ އައި.ޑީ ކާޑުގެ ސާފު ކޮޕީ
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
  • ސިވިލް ސަރވިސް އަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް
  • މަސައްކަތުގެ ތަޖުރިބާ ދެނަގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް
  • އިންޓަރވިއު: މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނެ ތާރީޚާއި ވަގުތު ލިޔުމުން އެންގޭނެ ވާހަކަ ދެންނެވީމެވެ. އިންޓަރވިއު އޮންނާނީ ހއ.އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ. ވަޒީފާއަށް ކުރިމަތިލާ ޝަރުޠު ފުރިހަމަވާ ފަރާތްތައް 10 އަށްވުރެ ގިނަނަމަ އިންޓަރވިއު ބޭއްވުމަށް ހަމަޖެހިފައިވަނީ ޝޯޓްލިސްޓު ކުރުމަށްފަހު ހޮވޭ ފަރާތްތަކުގެ މެދުގައެވެ.

15 ޝައްވާލް 1437

20 ޖުލައި 2016