ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)KH/1/2016/9
ޕަބްލިޝްކުރި ތާރީޚް: 19 ޖުލައި 2016
ޕަބްލިޝްކުރި ގަޑި: 15:03
ސުންގަޑި: 09 އޮގަސްޓް 2016 14:00
ކުޑަކުދިންގެ ހިޔާ، ކ. ވިލިނގިލި
ދިވެހިރާއްޖެ
ޤުރްއާން ޓީޗަރ (އެމް.ޓީ.ސީ.ސީ ސްޕޮންސަރ) 1 އަހަރުދުވަސް

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ފިޔަވަތީގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަން ހުރި، ޤާބިލް މީހެކެވެ.

މަޤާމް:

ޤުރްއާން ޓީޗަރ (އެމް.ޓީ.ސީ.ސީ ސްޕޮންސަރ) 1 އަހަރުދުވަސް

ބޭނުންވާ އަދަދު:

1 (އެކެއް)

މުސާރަ:

މަހަކު -/3200 ރުފިޔާ

ތަޢުލީމާއި ތަޖުރިބާ:

ސާނަވީ އިމްތިޙާނުން 2 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއި، ސެކަންޑްރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން.

މަސައްކަތް ކުރަންޖެހޭ ތަން:

ފިޔަވަތި (ހުޅުމާލެ ކުޑަކުދިންގެ ހިޔާ)، ހުޅުމާލެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

ފިޔަވަތީގައި ބަލަހައްޓަމުންގެންދާ 9 އަހަރުންދަށުގެ ކުދިންނަށް ޤުރްއާން ކިޔަވައިދިނުން.

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު.

2. ލިބިފައިވާ، އެކްރެޑިޓް ކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ނުކުރާ ސެޓުފިކެޓު ހުށަހެޅިނަމަވެސް ބާޠިލުވާނެއެވެ.)

3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ރެފްރީންގެ މަޢުލޫމާތު ދީފައިވާނަމަ، ރެފްރީންގެ ލިޔުން ވަނަވަރާއެކު ހުށަހަޅަންވާނެއެވެ. ވަނަވަރުގައި، ގުޅޭނެ ފޯނު ނަންބަރު އޮންނަންވާނެއެވެ.)

4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކިޔަން އެނގޭވަރުގެ ސާފު ކޮޕީ.

5. ވަޒީފާގެ ދާއިރާއާ ގުޅޭ، ކުރު މުއްދަތުގެ ކޯހާއި، ވާރކްޝޮޕާއި، ސެމިނާރު ފަދަ ތަމްރީނު ޕްރޮގުރާމުތަކުގެ ސެޓުފިކެޓު ނުވަތަ ބައިވެރިވިކަމުގެ ލިޔުންތައް.

6.  ވަޒީފާއެއް އަދާކޮށްފައިވާނަމަ، ވަޒީފާ އަދާކުރި ތަނަކުން އަދާކުރި ވަޒީފާގެ މުއްދަތު އެނގޭނޭ ލިޔުމެއް.

ސުންގަޑި:

2016 އޮގަސްޓު 9 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ފިޔަވަތި (ހުޅުމާލެ ކުޑަކުދިންގެ ހިޔާ) އަށް، ނުވަތަ ކުޑަކުދިންގެ ހިޔާ (ވިލިނގިލި) އަށް ނުވަތަ މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމެލީ (ބިއްލޫރިޖެހިގެ، މަޖީދީމަގު) އަށް ހުށަހަޅަންވާނެއެވެ.

 

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން: 

މި މަޤާމަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާ އިންޓަވިއު ކުރުން އޮންނާނީ، މި އިޢުލާނުގެ މުއްދަތު ހަމަވާތާ އެއްމަސްދުވަހުގެ (ބަންދުދުވަސްތައް ނުހިމަނައި) ތެރޭގައެވެ. އިންޓަވިއު އޮންނާނީ، ފިޔަވަތި (ހުޅުމާލެ ކުޑަކުދިންގެ ހިޔާ) ނުވަތަ މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމެލީ (ބިއްލޫރިޖެހިގެ، މަޖީދީމަގު) ގައެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރަން ގުޅާނީ، 3391693 ނަންބަރު ފޯނަށެވެ.

 14 ޝައްވާލް 1437

19 ޖުލައި 2016